"ކުރުސީ"ގެ މައްސަލަ ބަލަނީ ރައީސް ނަޝީދު ހުށައެޅުއްވުމުން: ފުލުހުން

ސަރުކާރާއި އެކި މީހުންނަށް ފާޑުކިޔަމުން އަންނަ ޓްވިޓަރ އެކައުންޓް " ހަސަން ކުރުސީ" ގެ އެކައުންޓްގެ ވެރި ފަރާތް ހޯދަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވައިފިއެވެ.

"ހަސަން ކުރުސީ"ގެ އެކައުންޓްގެ ފަހަތުގައި ވާ މީހަކު ނުވަތަ ބަޔަކު ހޯދުމަށް ކްރިމިނަލްކޯޓުން ވަނީ އަމުރެއް ނެރެދެއްވާފައެވެ. އަދި މި އަމުރު އެ ކޯޓުން ނެރެދެއްވާފައިވަނީ ފުލުހުންގެ އެދިވަޑައިގަތުމަކަށެވެ.

"ކުރުސީ" އެކައުންޓް ހިންގަނީ ކާކުތޯ ބަލަމުން ދަނީ ރައްޔިތުން މަޖލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެ އިދާރާއަށް ހުށައަޅުއްވާފައިވާ މައްސަލާގައިކަމަށް ފުލުހުން ރޭ ވިދާޅުވިއެވެ.

"ހަސަން ކުރުސީ" އެކައުންްޓުން ޓްވީޓްތައް އަންނަ ފެށުމުން ގިނަ ބަޔަކަށް ހީވެފައިއޮތީ، އެ އެކައުންޓްގެ ފަހަތުގައިވަނީ ރައީސް ނަޝީދުކަމަށެވެ. އެހެންނަމަވެސް އެކަން ދޮގު ކުރައްވާ އެ އެކައުންޓްގެ ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ރައީސް ނަޝީދު ވަނީ އެ މައްސަލަ ފުލުހުންނަށް ހުށައަޅުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު