ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިބޫއަށް

ކ. ތުލުސްދޫގައި ބޭއްވި ދިވެހި ސާފް ލީގުގެ ހަތަރުވަނަ މުބާރާތް ކަމަށްވާ "ރަންދާ ރާޅުގަނޑު" ގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހުސައިން އަރީފް (އިބޫ) ހޯދައިފިއެވެ. ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިިދިޔަ ހޯމަ ދުވަހުއެވެ.

ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިބޫ ހޯދީ، ފައިނަލުގައި އިސްމާޢީލް މިގްލާލް (ކުޑަ އިއްސެ) އާ ވާދަކޮށް ޖުމްލަ 16.83 ޕޮއިންޓް ސްކޯ ކޮށްގެންނެވެ.

މިއީ މި އަހަރުގެ ލީގުގައި ކާމިޔާބުކުރި ދެވަނަ މުބާރާތް ކަމަށްވާއިރު، އޭނާ ވަނީ ޖޫން މަހު ކ. ހިންމަފުށީގައި ބޭއްވި "ގާމާދޫކޮޅު" ގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އަދި މ. މުލީގައި ބޭއްވި "މުލީކޮޅު ރާޅުގަނޑު" ގެ ފައިނަލުގައި އިބޫ ވާދަކުރި އެ ފައިނަލުން އޭނާ ބަލިވީ އަޙްމަދު އާގިލް (އައްމަޑޭ) އާ ވާދަކޮށްގެންނެވެ.

ކުޑަ އިއްސެ ވަނީ އޭނާގެ ފުރަތަމަ ދެ ރާޅަށް ހަތް ޕޮއިންޓަކާއި, ދެވަނަ ރާޅަށް އަށް ޕޮއިންޓް ހޯދައިގެން ޖުމްލަ 15 ޕޮއިންޓް ލިބިފައިވާއިރު، ފައިނަލް ހީޓުގައި އިބޫ އެޅި ތިންވަނަ ރާޅަށް 7.33 ޕޮއިންޓް ހޯދައި، ލީޑު ނެގީ ނުވަވަނަ ރާޅަށް ހޯދި 9.50 ޕޮއިންޓް ލިބިފައިވެއެވެ.
ހަމައެހެންމެ، ސާފް ލީގުގެ ފަހު އިވެންޓް ކަމަށްވާ "ރަންނަމާރި ޗެލެންޖް" އާ ކުރިމަތި ލާއިރު، މި އަހަރުގެ ލީގު ކާމިޔާބުކުރުމުގެ އެންމެ ބޮޑު ފުރުސަތެއް ލިބިފައިވާ އިބޫއަށް ލީގުގައި ވަނީ 2860 ޕޮއިންޓް ލިބިފައިވެއެވެ.

ރަންދާ ރާޅުގަނޑުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އުއްމީދީ ރާޅާއެޅުންތެރިޔާ ސައްޔިދު ސަލާހުއްދީނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު