16 ފެބުރުވަރީ 2025

ހިކެން ބޭނުންނަމަ، "އަލްކަލައިން" ފެން

ދުނިޔޭގައި އުޅޭ ގިނަ މީހުން ހިކެން ބޭނުންވާނެއެވެ. ގިނަ ދިވެހިން ވެސް ފަލަކަމުން ހިކެން ބޭނުންވެގެން އަބަދުވެސް އެ ވާހަކަ ދައްކައެވެ. ނަމަވެސް ދިރިއުޅުން ހުންނަ ގޮތުން، ނުވަތަ ކޮންމެވެސް ސަބަބަކާއިހުރެ، މިކަމަށް އެންމެ އެދެވޭ މަސައްކަތްތަކެއް ނުކުރެވެއެވެ. ކެއުމުގެ ވައްޓަފާޅިއަށް ބަލައިގެން އުޅުމާއި، ކަސްްރަތުކުރުން ފަދަ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. އެފަދަ މީހުންނަށް މިއީ ބޯލަން ރަނގަޅު ފެނެކެވެ. މާބޮޑު ކަމަކަށް ނުހަދައި، މިފެން ތައްޔާރުކޮށްލައިގެން މި ފެން ބޯން އާދަކުރާށެވެ.

ދުވަސް ފަށާއިރު، މި ފެން ތައްޔާރުކޮށްގެންް ހެނދުނުގެ ފުރަތަމަ ބުއިމަކަށް ބޭނުންކޮށްފިނަމަ ހަށިގަނޑުގައިވާ ވިހަ ގޭސްތައް ބޭރުކޮށްލައެވެ. މީގެ އިތުރުންވެސް ހެނދުނު ފެން ބޮއެފިނަމަ، ބަނޑުހައިވުމުން ދުރުކޮށްދީ، ބޭކާރު ކެއުންތައް ކެއުމުންވެސް ދުރުކޮށްދެއެވެ. އަދި ބޯލަން ވަރަށް މީރު ބުއިމަކަށް ވާނެއެވެ.

މި ފެނަކީ، "އަލްކަލައިން" ފެނެވެ. މި ފެނުގައި ހުންނާނީ ޕީއެޗް ލެވެލް 7 އަށްވުރެ މަތީގައެވެ. މި ފެނުން، ކެލްސިއަމް، މެގްނީޒިއަމް، ސޯޑިއަމް، އަދި ޕޮޓޭޝިއަމް ލިއްބައިދެއެވެ. "އަލްކަލައިން" ފެނަކީ ބަނޑުގައި ޕީއެޗް ލެވެލް، އެއް މިނެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ މުއިމެކެވެ.

ފެން ތައްޔާރުކޮށްލަން ބޭނުންވާ ތަކެތި:

1 ލީޓަރ ފެން، 4 ނުވަތަ 6 ލުބޯ ފޮތި ، 10 ނުވަތަ މިންޓް ފަތް، 6 ނުވަތަ 8 ކިޔުކަމްބާ ފޮތި

ތައްޔާރު ކުރޭނެ ގޮތަކީ،

ފުރަތަމަ 1 ލިޓަރުގެ ފެން ބިއްލޫރި ޖަގަކަށް އަޅާށެވެ.

ދެން ލުބޯ ފޮތިތަކާއި، ކިޔުކަމްބާ ފޮތިތައް ފެނުގެ ތެރެއަށް އަޅާލާށެވެ.

މިންޓް ފަތްކޮޅު އަޅާލުމަށްފަހު، ރަނގަޅަށް ސަމުސަލަކުން ގިރާލާށެވެ.

ދެން ރަނގަޅަށް މަތި ބަންދުކޮށްފައި، ބަަހައްޓާށެވެ.

ފެން ތައްޔާރުކުރާނީ ރޭގަނޑު ނިދުމުގެ ކުރިންނެވެ. ހެނދުނު ބޯންވާއިރަށް ހުންނާނީ ފުރިހަމަ "އަލްކަލައިން" ފެން ތައްޔާރުކުރެވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ެ ގިރާލާނެގޮތެއްސާފެއްނުވިއެވެއެއީމެކުސަރުންތޯނުވަތަސަމުސަލަކުންތޯއެވެވީމައިގިރަންވިގޮތްސާފުކޮށްދެއްވާ

  2. ެ ގިރާލާނެގޮތެއްސާފެއްނުވިއެވެއެއީމެކުސަރުންތޯނުވަތަސަމުސަލަކުންތޯއެވެވީމައިގިރަންވިގޮތްސާފުކޮށްދެއްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު