ރާބޯން ބޭނުންވެގެން އުޅުނު އަންހެން ޕަސެންޖަރެއްގެ އުނދަގޫލާ ހެދި، މަތިންދާ ބޯޓެއް ދަތުރުކުރި މިސްރާބު ބަދަލުކުރަންޖެހިއްޖެއެވެ.
"ޔުނިއިޓެޑް އެއާލައިންސް، އުނައިޓެޓް ފްލައިޓް 1813″ ފުލައިޓް ދަތުރުކުރަމުން ދިޔައީ، ލޮސްއެންޖަލުސް އަށެވެ، ނަމަވެސް ބޯޓުގެ މިސްރާބު ބަދަލުކުރަން ޖެހުނީ، ފޮއެނިކްސްއަށެެވެ.
ބޯޓުން ރާ ދޭންޖެހޭނެ ކަމަށް އެ އަންހެނާ ބުނެ ޒުވާބުކޮށް، ބޯޓުގެ ކްރޫ ގެ އިރުޝާދަށް ތަބާ ނުވެ، އަޑުގަދަ ކުރަމުން ދިޔައެވެ. މިހާދިސާ ހިންގާފައިވަނީ އަންގާރަ ދުވަހު، ހޯސްޓޮންގައި ހުންނަ ޖޯޖް ބުޝް އިންޓަރކޮންޓިނެންޓަލް އެއާޕޯޓުން، ރޭގަނޑު 9:43 ގައި ފުލައިޓް ނައްޓާލި ފަހުން، ދަތުރު މަތީގައެވެ.
ބޯޓުގެ ކެޕްޓަނާ ހަވާލާދީ ބުނެފައިވަނީ، މި މައްސަލަ ހޫނުވީ އޭނާ ރާބޯން ބޭނުންވެގެން އުޅެ އުޅެ ރާ ނުލިބިގެންނެވެ. އަދި ބޯޓު ތެރޭގައި އަޑުގަދަކޮށް އެހެން ޕަސެންޖަރުންނަށްވެސް އުނދަގޫ ވާ ޒާތުގެ ކަންކަން ވެސް އޭނާ ކުރަން ފެށި ކަމަށެވެ.
މި ހާދިސާގެ ސަބަބުން، ބޯޓަށް ލޮސް އެންޖެލްސްއަށް ޖެއްސުނީ ޝެޑިއުލް ކޮށްފައިވާ ގަޑިއަށްވުރެ އެއްގަޑިއިރާ ސައްބީށް މިނެޓް ފަހުންނެެވެ.
ބޯޓް ޖެއްސުމުން، ލޯ އެންފޯސްމެންޓް އޮފިޝަލުން ވަނީ އެ އަންހެން މީހާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.