Sunday, 06 October 2024

ޖާގަ ހުރި ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މި މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިތުރުކޮށްފިއެވެ.
ޖާގަ ހުރި ކޯސްތަކުގެ މައުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓް  /courses.mnu.edu.mv އިން ލިބެން އެބަހުއްޓެވެ.

ޖާގައަށް ހުޅުވާލީ 11 ފެކަލްޓީއަކުން ހިންގާ ކޯސްތަކަށެވެ.

ޑިޕްލޮމާ އިން މަތީގެ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 17 އޮގަސްޓް 2023ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ސެޓްފިކެޓް ލެވެލް 3، އެޑްވާންސްޑް ސެޓްފިކެޓް އަދި ފައުންޑޭޝަން ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 24 އޮގަސްޓް 2023ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

މި ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނުން ވެސް ލިބޭނެ ކަމަށް ޤައުމީ ޔުނިވަރސިޓީން  ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު