Saturday, 15 June 2024

ޑިމޮކްރެޓްސް ތެރޭ ފިތުނަ އުފައްދަން ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހްމަތު

މި ސަރުކާރަށް ދިވެހި ރައްޔިތުންގެ ތާއީދު ނެތްކަން ސާފުވުމުން މަސައްކަތް ކުރަމުންދަނީ ދަ ޑިމޮކްރެޓްސް ޕާޓީގެ ތެރޭގައި ފިތުނަ އުފައްދަން ކަމަށް، ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ތާއީދުކުޑަވެ ރާއްޖޭގެ ހުރިހާ ރަށެއްގަވެސް އެމްޑީޕީ ރޫޅެދުންދާ ކަމާމެދު ކަންބޮޑުވެ ދެން ހަދާނެ ގޮތެއް ނޭނގި ދޮގު ވާހަކަތައް ފަތުރަން މަސައްކަތް ފެށުމުން އެނގިގެންދަނީ މި ސަރުކާރަށް ހަމަ އެއްކޮށް ގޮތް ހުސްވެފައިވާކަން ކަމަށެވެ.

"އަޅުގަނޑާ ގުޅުވާފައި ވެސް ދޮގު ވާހަކަތައް ފަތުރާ މި ޕާޓީތެރޭ ފިތުނަ އުފައްދަން މަސައްކަތްކުރާތީ ދަންނަވަން. ސަރުކާރުގެ ދޯހަޅި ސިޔާސަތާއި ދަރަންޏާ ކޮރަޕްޝަނާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ހުއްޓައެއް ނުލާނަން. ދަ ޑިމޮކްރެޓްސްއަށް ރައްޔިތުން ކުރާ އިތުބާރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަން ވަރަށް ސާފު."

އަމްރުގެ ބަޔާނުގައި ވެއެވެ.

އަމްރުގެ ފުރިހަމަ ތާއީދު ދަ ޑިމޮކްރެޓްސް ކެނޑިޑޭޓަށް އެބައޮތް ކަމަށާއި އަދި މިހާރު ވެސް ދަނީ ކެމްޕޭން ރޭވުމާ ހަރަކާތްތައް ހިންގުމުގެ މަސައްކަތުގެ ފުރިހަމައަށް ބައިވެރިވަމުން ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

ފުރިހަމައަށް ޤަބޫލުކުރާ އަސާސްތައް ނެގެހެއްޓުމަށާއި ދިވެހިންނަށް އުންމީދީ ފުދުންތެރި މުސްތަގުބަލެއް ހޯދަދެވޭނެ ޕާޓީއަކީ ދަ ޑިމޮކްރެޓްސްކަން ޤަބޫލްކުރެވޭތީ އެ ޕާޓީ އުފެއްދުމުގައި ވެސް އަދި ކުރިއެރުވުމުގައިވެސް ދެމިހުރުމަކީ ލިބޭ އުފަލެއް ކަމަށް އަމްރު ފާހަގަ ކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު