18 ޖަނަވަރީ 2025

ވޯޓުލުމަށް ޝަރުޠުކޮށް ލިބިގަނެވޭ ކޮންމެ މަންފާއަކީ ރިޝްވަތު: ޝައިޚް ޝާފިޢު

ވޯޓުލުމަށް ޝަރުޠުކޮށް ލިބިގަނެވޭ ކޮންމެ މަންފާއަކީ ރިޝްވަތުކަމަށް އައްޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޝާފިޢު މިފަދައިން ވިދާޅުވީ، މިއަދު ޝެއިޚްގެ ފޭސްބުކްް ޕޭޖުގައި ލިޔުއްވި ސްޓޭޓަސްއެއްގައެވެ. ޝެއިޚް މިހެން ވިދާޅުވިއިރު، މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު މިހާރު ވަނީ ބޯމަތިވެފައެވެ. އަދި ކެންޑިޑޭޓުންގެ ކެމްޕެއިންތައް ކުރަމުންދާއިރު، ތަފާތު އެކި ވަޢުދުތައްވަމުން، އެކެންޑިޑޭޓަކަށް ވޯޓްލައިފިނަމަ ތަފާތު ކަންކަން ކޮށްދޭނެ ކަމަށް ބުނަމުން އެބަދެއެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައިވެސް ރިޝްވަތުގެ އެތައް ޢަމަލެއް، ފާހަގަކުރެވިފައިވެއެވެ.

ޝެއިޚް ޝާފިޢު ވިދާޅުވީ، ވޯޓުލުމަށް ޝަރުޠުކޮށް ލިބިގަނެވޭ ކޮންމެ މަންފާއަކީ އެއީ ފައިސާ ކަމުގައި ވިޔަސް، ސައި ކަމުގައި ވިޔަސް، ވަޒީފާ ކަމުގައި ވިޔަސް ހަމަ ރިޝްވަތު ކަމުގައެވެ.

ޝެއިޚް އިތުރަށް ވިދާޅުވީ، ރިޝްވަތު ހިފާ މީހާއާއި ދޭ މީހާއަށްވެސް މާތް ﷲ ލަޢުނަތް ލައްވާކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ކަމަށެވެ.

"ވޯޓުލުމަށް ޝަރުޠުކޮށް ލިބިގަނެވޭ ކޮންމެ މަންފާއަކީ އެއީ ފައިސާ ކަމުގައި ވިޔަސް، ސައި ކަމުގައި ވިޔަސް، ވަޒީފާ ކަމުގައި ވިޔަސް ހަމަ ރިޝްވަތެވެ. ރިޝްވަތު ހިފާ މީހާއާއި ދޭ މީހާއަށްވެސް މާތް ﷲ ލަޢުނަތް ލައްވާކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ."

ޝައިޚް ޝާފިޢު ވިދާޅުވިއެވެ.

އެހެންމީހުން ތިމާއާމެދު ދެކޭ ގޮތާމެދު ވިސްނާ އެހެންމީހުން ރުއްސަން އެހެންމީހުންނާ ހެދި އުޅޭ މީހަކަށް ތިބާގެ އަމިއްލަ ވަޤުތާއި ހަކަތަ އެކަންކަމަށް ހޭދަކުރަން ޖެހޭ ކަމަށާއި، އަދި އާޚިރުގައި އެކަމުން ލިބޭ އެއްޗެއް ނޯންނަކަމަށާއި، ވީމާ އަމިއްލަ ނަފްސާމެދު ވިސްނާ ނަފްސު އިޞްލާޙުކޮށް، އެހެން މީހުންނާ ހެދި އުޅުން ދޫކޮށްލުމަށް، ޝެއިޚް މިއަދު ލިޔުއްވި އެހެން ޕޯސްޓެއްގައި ނަސޭޙަތްތެރިވެވަޑައިގަންނަވާފައިވެއެވެ،

"އެހެންމީހުން ތިމާއާމެދު ދެކޭ ގޮތާމެދު ވިސްނާ އެހެންމީހުން ރުއްސަން އެހެންމީހުންނާ ހެދި އުޅޭ މީހަކަށް ތިބާގެ އަމިއްލަ ވަޤުތާއި ހަކަތަ އެކަންކަމަށް ހޭދަކުރަން ޖެހެއެވެ. އަދި އާޚިރުގައި އެކަމުން ލިބޭ އެއްޗެއް ނޯވެއެވެ. ވީމާ އަމިއްލަ ނަފްސާމެދު ވިސްނާ ނަފްސު އިޞްލާޙުކޮށް، އެހެން މީހުންނާ ހެދި އުޅުން ދޫކޮށްލާށެވެ."

ޝެއިޚް ޝާފިޢު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު