12 ފެބުރުވަރީ 2025

ޔާމީންގެ މައްސަލައިގައި މާދަމާ ތިނެއްގެ ކުރިން ޖަވާބުދާރީވާނަން: އީސީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލައިގައި މާދަމާ 3 ގެ ކުރިން ޖަވާބުދާރީ ވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޔާމީންގެ ކެނޑިޑެސީ ފޯމް އިއްޔެ އީސީ އަށް ހުށަހެޅުއްވުމުން، އެ ފޯމް ވެއްދިތާ 24 ގަޑިއިރު ނުވަނީސް، ވަނީ އެ ކޮމިޝަނުން ވަނީ ބޭރުކޮށްލައިފައެވެ.

އެކަމާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ރޭ ފަތިހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ މިއަދު އެކޯޓުން ވަނީ އެމައްސަލައިގައި ޖަވާބުދާރީ ވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު