ރިޔާސީ ކެމްޕެއިނަށް ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި

މިރޭ ނޫނީ މާދަމާ ރަނިންމޭޓް ކަނޑައަޅައި، ފޯމް ހުށަހަޅާނަން: ރައީސް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރަނިންމޭޓެއް ކަނޑައެޅުމަށްފަހު، ވަރަށް އަވަހަށް ފޯމް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު، ހަނިމާދޫގައި ހުންނަވައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ރަނިންމޭޓްކަމަށް ހަމަޖައްސަވާނެ ބޭފުޅެއް މިރޭ ނޫނީ މާދަމާ ކަނޑައަޅުއްވާނެކަމަށާއި، ރަނިންމޭޓް ކަނޑައެޅުމަށްފަހު ބުރާސްފަތި ނުވަތަ ހުކުރު ދުވަހު އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅާނެކަމަށެވެ.

"އަޅުގަނޑު ނިންމައިގެން މިހުރީ މިރޭ ނޫނީ މާދަމާ އެކަމުގައި ފައިނަލް ޑިސިޝަނެއް ނަގަން. އިރާދަކުރެއްވިއްޔާ މި ބަލަނީ ބުރާސްފަތި ނޫނީ ހުކުރު ދުވަހު ފޯމް ހުށަހަޅަން." ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ރަނިން މޭޓް ކަނޑައަޅާފައިވަނީ ޕީޕީއެމްއިން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ އިލްޔާސް ލަބީބެވެ.

އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް ކަނޑަައަޅަނީ އީވާ އަބްދުﷲ އެވެ. ރައީސް ޔާމީންގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. އެހެންނަމަވެސް،، ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން އެހެން ޕާޓީތަކުން ވާދަކުރަން ނިންމާފައި އޮތްނަމަވެސް އެއްވެސް ޕާޓީއަކުން މިހާތަނަށް ރިޔާސީ ކެނޑިޑޭޓްގެ ފޯމް ހުށަހަޅާފައެއް ނުވެއެވެ. އަދި ރަނިންމޭޓްވެސް އިއުލާންކޮށްފައެއްް ނުވެއެެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލާފައިވާ ފުރުސަތު ހަމަވާނީ އަންނަ ހޯމަދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު