ހުޅުމާލޭގައި 4000 ހައުސިން ޔުނިޓް އަޅަން އިންޑިޔާގެ ކުންފުންޏަކަށް

ހުޅުމާލޭގައި އިތުރު 4000 ހައުސިން ޔުނިޓް އެޅުމަށް އިންޑިޔާގެ ކުންފުންޏަކާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީން) ސޮއިކޮށްފިއެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައިވާ ގޮތުން، ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 2000 ހައުސިން ޔުނިޓެވެ. އެއީ 3 ކޮޓަރީގެ 1400 ޔުނިޓާއި 2 ކޮޓަރީގެ 600 ޔުނިޓެވެ. މިހައުސިންގ ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 37 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 165 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ވިދާޅުވެއެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ބުނަނީ، ދެވަނަ ފިޔަވަހީގެ ދަށުންވެސް 2000 ހައުސިންގ ޔުނިޓް އަޅާނެ ކަމަށެވެ.

އިންޑިޔާގެ ކޭޕީއައިއެލްއިން މިހާރުވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު