ޖޭޕީގެ ކައުންސިލް ބައްދަލުވުން.

ޤާސިމްގެ ރަނިން މޭޓެއް ކަނޑައެޅުން ޤާސިމަށް!

އަންނަ ސެޕްޓެންބަރު މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރަނިންމޭޓަކު ކަނޑައެޅުމުގެ ބާރު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާހިމަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން އިއްޔެ ފާސްކޮށްފިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް އައިއިރު ރަނިންމޭޓަކު ކަނޑައަޅައި އިއުލާންކޮށްފައި ވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީންގެ ރަނިންމޭޓަކަށް ކަނޑައަޅާފައި ވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިން މޭޓެއް މިއަދުގެ ވަގުތެއްގައި ކަނޑައަޅާނެ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. އެ ޕާޓީގައި ރަނިންގ މޭޓަކަށް ވުމަށް އެދޭ ފަރާތްތައް ގިނަ ކަމަށް ޚަބަރު ލިބިއެވެ.

ދެން މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިން މޭޓަކު މިހާތަނަށް ކަނޑައަޅުއްވާފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީ ވަކިން ވާދަކުރަން ނިންމީ އެޕާޓީން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ކޮންގްރެސްގައެވެ. އެގޮތުން، ޖޭޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. ކުރިމަތިލެއްވީ ޤާސިމް އެކަނި ކަމުން ޖޭޕީގެ ރިޔާސީ ޓިކެޓް ކަށަވަރުވެފައިވަނީ ޤާސިމަށެވެ. ޤާސިމަށް ރިޔާސީ ޓިކެޓު އަރުވާފައި ވަނީ މިދިޔަ ޖޫން 9 ގައެވެ.

ޖޭޕީގެ ކެމްޕެއިން ޓީމުތަކުން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތައް ހިންގަމުންނެވެ.

އެނގިފައިވާ ގޮތުގައި، ގާސިމް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހަޅުއްވަން ޖެހޭ ހުރިހާ ތަކެއްޗެއް ހަމަ ކުރައްވައިފައެވެ. އެކަމަކު، ގާސިމްގެ ރަނިންމޭޓަކަށް އަދި ބޭފުޅަކު ހަމަޖައްސާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު