3 ނޮވެންބަރު 2024

ރައީސް ޔާމީންގެ މައްސަލަ މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ސިޔާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން ހުށަހެޅި ކެންޑިޑެސީ އިލެކްޝަންކޮމިޝަނުން ބަލައިނުގަތުމާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ހުކުރު ދުވަހުގެ 14:30 ގައި ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލު ކުރެވިފައި ކަމަށެވެ.
ޔާމީންގެ ކެނޑިޑެސީ ފޯމް އިއްޔެ އީސީ އަށް ހުށަހެޅުއްވުމުން، އެ ފޯމް ވެއްދިތާ 24 ގަޑިއިރު ނުވަނީސް، ވަނީ އެ ކޮމިޝަނުން ވަނީ ބޭރުކޮށްލައިފައެވެ.

އެކަމާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ރޭ ފަތިހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ އެކޯޓުން ވަނީ އެމައްސަލައިގައި ޖަވާބުދާރީ ވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލައިގައި މިއަދު 3 ގެ ކުރިން ޖަވާބުދާރީ ވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު