Wednesday, 19 June 2024

ޤާސިމްގެ އިންތިޚާބީ އެޖެންޓަކަށް ޢަލީ ވަހީދު ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ އިންތިޚާބީ އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު މިއަދު ހަމަޖައްސައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރގެ ސްޕެޝަލް އެޑްވައިޒަރ ކަމަށް އެޕާޓީގެ ކުރީގެ ރައީސް ޢަލީ ވަހީދު އިއްޔެ ވަނީ އައްޔަންކުރައްވާފައެެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު އެ މަގާމަށް އައްޔަންކުރެއްވީ، އެޕާޓީގެ 159 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.

އޭނާގެ މައްޗަށް އުފުލި ޖިންސީ ގޯނާގެ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ދައުލަތުން ނިމިދިޔަ ޖޫން މަހު 14 ގައި ވަނީ ނިންމުމާ ގުޅިގެން، އޭނާ ވަނީ ތިން އަހަރަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

ޤާސިމުގެ ކެމްޕެއިންގައި މަސައްކަތްކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވަމުން، ގާސިމްގެ އަރިހަށް ޒިޔާރަތް ކުރުމަށް ފަހު ދިން އިންޓަވިއުއެއްގައި ޢަލީ ވިދާޅުވީ، ސިޔާސީ ދާއިރާގައި އަބަދުވެސް އެންމެ ބޮޑު މަދަދުގާރަކީ ގާސިމް ކަމަށާއި، އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވި ތިން އަހަރު ތެރޭގައި ކޮންމެ ދުވަހަކު ވެސް "އިރު އަރަނީ ގާސިމްގެ ހެޔޮ އެދުންތަކާއެކު" ގައި ކަމަށެވެ.

"މިދިޔަ ހިތްދަތި ދުވަސްތަކަށް ފަހު، އުފާވެރިކަމެއް ލިބުމުން އެންމެ ފުރަތަމަ މަރުހަބާ ކިޔުއްވީ ވެސް ގާސިމް،" އަލީ ވިދާޅުވިއެވެ.

ސިޔާސީ މުސްތަޤްބަލާ މެދު ވާހަކަ ދައްކަވަމުން ގާސިމަށް ތާއީދު ކުރައްވާނެ ވާހަކަ ސީދާ ޢަލީ ވަހީދު ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އަލީ ވިދާޅުވީ އަދިވެސް ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ކަމަށާއި މި މަހުގެ 20 ގެ ފަހުން ދާއިރާއިން ފެނިގެންދާނެ ކަމަށެވެ.

ޢަލީ ވަހީދު ވިދާޅުވީ،

"އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް ދާއިރު އަޅުގަނޑުމެންގެ ތަފާތުވާނެ މާ ބޮޑު ހިޔާލެއް ނުހުންނާނެ، އެއީ ވަރަށް ތުރާތަކާއެކު އުނދަގުލުގައި އެކުގައި ތިބި ބައެއް އަޅުގަނޑުމެންނަކީ،"

އަލީ ވަހީދަށް ކުރެވޭ ޖިންސީ ގޯނާގެ ވާހަކަތައް ގަބޫލުނުކުރެވޭ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައިވާ ގާސިމް މިއަދުވެސް ވިދާޅުވީ އެއީ ސިޔާސީ ގޮތުން ބަޔަކު ރާވައިގެން، އަލީ ފްރޭމް ކުރުމަށް ކުރި ކަމެއް ކަމަށެވެ.

ކޮވިޑުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި މިނިސްޓަރަކީ އަލީ ވަހީދުކަމަށާއި، އަލީ ވަހީދަށް ދިމާވީ "ހަސަދަވެރިންގެ އެތިފަހަރެއް" ކަމަށް ވިދާޅުވެ ޢަލީ ވަހީދަށް ތައުރީފް ކުރެއްވިއެވެ.

އަލީ ވަހީދުގެ މައްސަލަ އަނބުރާ ގެންދިއުމުން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ ވެސް ޤާސިމެވެ.

 

ގުޅުންހުރި:

ޖިންސީ ގޯނާގެ ދައުވާ އުފުލުނު ޢަލީ ވަހީދު، ޤާސިމުގެ ކެމްޕެއިނަށް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު