ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ފެންވަރު ދެނެގަތުމަށް އިމްތިހާނެއް ފުރިހަމަކުރަން ޖެހޭގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުން އިމްތިހާނެއް ފުރިހަމަކުރަންޖެހޭ ގޮތަށް އުސޫލެއް އެކުލަވާލީ ކޯޓްތަކަށް އައްޔަންކުރާ ފަނޑިޔާރުންނަކީ ޤާބިލު ބައެއްކަން ދެނެގަނެ ކަށަވަރުކުރުމަށްޓަކައިކަމަށާއި، މި އުސޫލްގައިވާ ގޮތުން އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުން މި އިމްތިހާނު ފުރިހަމަ ކުރަންޖެހޭނެކަމަށާއި، އަދި ޤާނޫނާއި ގަވައިދުތަކާއި ކޯޓްތަކުގެ ނިންމުން އެނގޭ މިންވަރު މި އިންތިހާނުން ދެނެގަނެވޭނެކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.
މި ބަދަލާއި އެކު މަގާމަށް ޝަރުތު ހަމަވާނީ އިމްތިހާނުން ފާސްވުމުންކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.
ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުން، ފަނޑިޔާރުކަމަށް ބޭނުންވާ ތައުލީމީ ޝަރުތު ފުރިހަމަވާނަމަ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުން ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނަށެވެ.
ދަށުކޯޓްތަކާއި ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަށް ކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ ކަންކަން ކުރައްވަމުން ގެންދަވަނީ ޖޭއެސްސީންނެވެ.