Thursday, 18 April 2024

24 ގަޑިއިރު ހުންނާނީ ރައްޔިތުންގެ ހިދުމަތުގައި: އިލްޔާސް ލަބީބް

ރޭގަނޑު ނުނިދާ ޗުއްޓީ ނުނަގާނާ، 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ހުންނަވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އަދި ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ތިމަރަފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އިލްޔާސް ވިދާޅުވީ، އަނެއްކާވެސް ނުކުމެ މި ތިބީ ކުރީގައި ފެއްޓެވި މަސައްކަތް ކޮޅެއްގައި ޖެއްސުމަށް ކަމަށާއި، 2008 އިން ފެށިގެން ރައީސް ނަޝީދާއެކު ނުކުމެވަޑައިގެންނެވީ ފޮނި އުއްމީދުތަކާއި އެކުގައި ކަމަށެވެ.

"ތިބޭފުޅުންގެ އެ ހިތްވަރާއި އަޒުމުގައި އެ ކުރެއްވި މަސައްކަތުން މިއަދު އަނެއްކާ ހުއްޓި މިއަދު އަޅުގަނޑުމެން މިތާ މިތިބީ އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް ހިތުގައި އަޒުމް ކަނޑައަޅައިގެން ނިޔަތް ގަނެގެން". އިލްޔާސް ވިދާޅުވިއެވެ.

އިގްތިޞާދު ހިނގާ ގޮތަކަށް މި ސަރަހައްދު (ތ. އަތޮޅު) ބައްޓަން ކުރަން އެބަ ޖެހޭކަމަށާއި، ހަމައެކަނި އެތާ ރަންވޭ އެއް އެޅިޔަކަސް ކަމެއްވާކަށް ނޯންނާނެ ކަމަށާއި، ފްލައިޓުން މީހުން ދަތުރު ކުރަންޖެހޭ، އެ މީހުން މިތަނުގައި ތިބޭ ހޮޓާ ތަކާއި ގެސްޓްހައުސްތައް އަޅަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އަދި އެކަމުގެ ފައިދާ އެއިރުން މި އަތޮޅުގެ ރައްޔިތުންނަށް ކުރާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ، މި ސަރަހައްދުގައި ޓޫރިޒަމް މަސައްކަތް ކުރާ އެކަމަށް ޝައުގުވެރިކަން ހުރި އެކަން ދަންނަ އަދި އެ ރިސޯޓްތަކާއި ސިޓީ ހޮޓާތައް ހިންގޭނެ ފެންވަރުގެ މީހުން ތިބީ މިރަށުގައި ކަމަށެވެ.

އިލްޔާސް ވިދާޅުވީ، މިރަށުގައި ގެސްޓް ހައުސްތައް ހިންގުމުގެ ފެސިލީޓިތައް އޭނާގެ ސަރުކާރެއްގައި ހަމަޖައްސާދެއްވާނެ ކަމަށާއި، މި އަތޮޅުގައި ޓޫރިސްޓް ރިސޯޓްތައް ތަރައްގީ ކުރަން ޖެހޭނެ ކަމަށާއި، އަދި އެކަމަށް ރަށްތައް ހަމަޖަައްސާ ދޫކުރައްވާނެ ކަމަށެވެ.

"ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ކުރާ މަސައްކަތްތައް ކުރާނީ ރަނގަޅަށް ޕްލޭން ކުރެވި ރާވާ އެއަށް ފައިސާ ހޯދާ، ބަޖެޓް ކުރެވި އިންތިޒާމް ވެގެން،".

އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ފާހަގަކުރެއްވީ މިރަށުގެ މަގުތައް ހަދާތާ ފަސް އަހަރު ވިއިރުވެސް ނިމޭތަނެއް ނާންނަ ކަމަށެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ، ނުކުމެ މި ހުރީ އެ ހިތްވަރާއި ފޯރި އާއި ޖޯޝާއި އެކުގައި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. 24ގަޑިއިރު ރައްތުންގެހިދުމަތަކުވެސް ނޫންހުންނާނީ 24ގަޑިއިހުންނާނީ ނަސީދުގެ އަޅެއްގެގޮތުގަ އޭނަދައްކާކަމެއްކުރަން ވެރިކަންދޫކޮއްލާށޭ ބުބެފިއްޔާޖެހޭނީ ވެރިކަންވެސް ދޫކޮއްލަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *