Saturday, 13 April 2024

މިސްކިތަށް ކުޑަކަމުދިޔަ މީހާ، ފިހާރައެއްގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ޖަަލަށް

އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، އެހެން މައްސަލައެއްގައި ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިފަހަރު އޭނާ ޖަލަށް ލުމަށްް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 22 ވަނަ ވަނަ ދުވަހުގެ ހެނދުނު މާލޭގެ ފިހާރައަކަށް ވަދެ އެ ފިހާރައިގައި ހަމަނުޖެހުން ހިންގާ، އޭނާގެ ފައިން ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު ތަަޅާލި މައްސަލައިގައެވެ.

އޭނާގެ މައްޗަށް މުދަލަށް ގެއްލުން ދިން ކުށަށް ކުށްވެރިވެއްޖެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެެވެ. އަދި އޭނާގެ މައްޗަށް އިއްވި ތިން މަހުގެ ޖަލު ހުކުމުގައިވާ ގޮތުން، އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބަކީ ދެ މަހާއި 14 ދުވަހުގެ ޖަލު އަދަބެވެ.

2021 ވަނަ އަހަރުގެ ތެރޭގައި، ރައީސް އޮފީހުގެ ދޮރުމައްޗަށާއި، ހުކުރު މިސްކިތަށާއި، އިސްލާމީ މަރުކަޒަށާއި، ޖުމްހޫރީ މައިދާނަށް ގަސްތުގައި ކުޑަކަމުދިޔަ މައްސަލާގައި އޭނާ ހައްޔަރު ކުރީ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. އެފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ. އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށް ޖެންޑާ މިިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އޭނާ ފަހުން ހައްޔަރު ކުރީ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި ފުލުހުންނާއި ހަވާލުކުރުމުންނެވެ. ނޮވެމްބަރު މަހު އޭނާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ އެތަންތަނަށް ކުޑަކަމުދިޔައީ މަސްތުހާލުގައި ހުރެގެން ކަަމަށެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެެެއް ކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އެ ދައުވާ އަށް އޭނާގެ މައްޗަށް ދެ މަހަށް ވުރެ ގިނަ ޖަލު ހުކުމެއް އައެވެ. އޭނާއަކީ މިހާރުވެސް ކުށުގެ ރެކޯޑްވެސް އޮންނަ މީހެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *