25 ޖަނަވަރީ 2025

މާލެއިން މީހަކު ރަހީނުކޮށްފި

މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ފިިރިހެނަކު ރަހީނުކޮށްފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި، މާލޭގައި ފިރިހެނަކު ގެސްޓް ހައުސްއެއްގެ ތެރޭގައި ރަހީނުކޮށް އަނިޔާ ކުރުމަށް ފަހު އޭނާގެ ބޭންކް އެކައުންޓުން ޓްރާންސްފާ ކުރި މައްސަލައެއް މިއަދު މެންދުރު 13:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިހާރު މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ކަމުގައި މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވާކަމާއި، އަދި އަނިޔާ ލިބުނު މީހާއަށް ލިބުނީ ކޮން ކަހަލަަ އަނިޔާތަކެއްކަން އަދި އެނގިފައެއް ނުވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު