18 ޖަނަވަރީ 2025

ޕޮޓޯގައި ބޯގަނވިލާ ހައްދާނީ ކިހިނެތް؟

ބޯގަނވިލާއަކީ ރީތި މަލެކެވެ. ރާއްޖޭގައިވެސް އާންމު ގޮތެއްގައި ހައްދާ އުޅޭ ގަހެކެވެ. ގޯތިތެރޭގެ ބަގީޗާގައި ރަސްކަންކުރަމުން އަންނަ މަލަކީ ބޯގަނވިލާއޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ.

Bougainvillea | Climbing Vine, Tropical, Evergreen | Britannica މިހާރު ރާއްޖޭގެ އެކި ރަށްރަށުގައި މަގުމަތީގެ ރީތިކަން ފެނިގެންދާ އެއްކަމަކީވެސް ތަފާތު ކުލަކުލައިގެ ބޯގަނވިލާ މާ ގިނަ އަދަދަކަށް ހައްދާފައިވުމެވެ.

Pink and Purple Bougainvillea

މާއަޅާ ގަސްހެއްދުމަކީ، ހިތްހަމަޖެހުން ލިއްބައިދޭނެ ކަމެކެވެ. ޚާއްޞަކޮށް ބޯގަނވިލާ މަލަކީ އޭގެ ފިޔަތައް ހުންނަލެއް ރީތިކަމުންނާއި، ތަފާތު  ކުލަކުލައިގެ މަލުގެ ސަބަބުން އަޅުގަނޑުމެން ހިތްތަކަށް ތާޒާކަމާއި އާރޯކަން ގެނުވާ ކަމެކެވެ. "ސްޓްރެސް" ވުމާއި ހާސްކަމުން ދުުރުކޮށްދޭނެ ފަސޭހަ މަގެކެވެ.

Bougainvillea Barbara Karst

މަގުމަތީގެ ހިތްހަމަޖެހުން ލިއްބައިދޭ އެއްކަމަކީ ބޯގަނވިލާ މާ ފޮޅިފައިވާ މަންޒަރު ފެނުން ކަމަށްވާއިރު ގޭތެރެއިން ނުވަތަ ގޯތި ތެރެއިން މި މަންޒަރު ފެންނާނެ ގޮތެއް ހަދާނީ ކިހިނެތް ހެއްޔެވެ؟ ގޭތެރޭގައި ޕޮޓުގައި ބޯގަނވިލާ ހައްދާނީ ކިހިނެތް ހެއްޔެވެ؟

bougainvillea

މަތީގައިވާ ފޮޓޯގައި އެވާ ބޯގަނވިލާއަކީ ރާއްޖޭގައި އާންމުކޮށް ހައްދާ ގަހެކެވެ. ނަމަވެސް ގޭތެރޭގައި ޕޮޓުގައިވެސް ފަސޭހަ ކަމާއެކު ހެއްދިދާނެ ގަހެކެވެ. 4 އިންޗިއާއި 8 އިންޗިއާ ދެމެދުގެ ހުސްމިނަކަށް، 3 އިންޗިއާއި 6 އިންޗިއާ ދމެދުގެ ފުޅާ މިނަކަށް ހައްދައިލެވޭނެއެވެ. އެ ސައިޒަކީ ގޭތެރޭގައި ބަހައްޓާލަން ވަރަށް ރަގަޅު ސައިޒަކަށް ވާނެއެވެ.

މިވައްތަރުގެ ބޯގަނވިލާއަކީ ޕޮޓުތެރޭގައި މޫތަށް ގިނަވެ، ގަހުގެ ރީތިކަން ގެއްލޭނެ ގަހެއް ނޫނެވެ.

ޕޮޓުގައި ބޯގަނވިލާ ހައްދާނަމަ، ފޮޓުގެ ފުލުގައި ލޯވަޅުތަކެއް ތޮރުފަން ވާނެއެވެ. އެހެންނޫންނަމަ، ޕޮޓުތެރޭގައި ފެން ގިނަވެ، މޫތަައް މަރުވާ ގޮތްވާނެއެވެ.

How to Grow and Care for Bougainvillea | Gardener's Path

ގަސްހަރުލާ ގޮތަށް ބެހެއްޓުމަށްޓަކައި، ޕޮޓަށް އެއްޗެއް ޖަހާނަމަ، ގަސް އިންދުމުގެ ކުރިން އެއްޗެއް ޖަހާށެވެ. އެހެން ނޫނަމަ، ފަހުން އެއްޗެއް ޖަހަން އުޅެގެން ގަސް މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.

Buy a container plant now Bougainvillea 'Vera Deep Purple' Purple incl. frame | Bakker.com

ގަސް އިންދުމަށްފަހު ޤަވާޢިދުން ފެންޖެހުމަކީ ވަރަށް މުހިއްމުކަމެކެވެ. ފެން ޖަހާނީ އަބަދުވެސް ފަސްކޮޅުގެ މަތި އެއްކޮށް ހިކިފައިވާކަން ކަށަވަރުވުމުންނެވެ.

4 Tips To Grow Bougainvillea At Home - Gardening Tips - YouTube

ގޭތެރޭގައި ހެއްދިޔަސް އިރުގެ އަލި، ދުވާލަކު 6 ގަޑިއިރު ލިބޭނެ ގޮތަށް ޕޮޓު ބަހައްޓަން ސަމާލުކަން ދޭންވާނެއެވެ. އެއީ މަލަށް ރީތިކަމާއި ތާޒާކަން ގެނައުމަށް ކުރަންޖެހޭ ކަމެކެވެ.

ގަސް ރީތިކޮށް ބެހެއްޓުމަށްޓަކައި ދެ ހަފުތާއި ދެހަފުތާއިން ގަހަށް ފާޓިލައިޒާ އަޅަންވާނެއެވެ.

5 Easy Steps to Train Your Bougainvillea - Garden Made Simple

މަތީގައި ބުނެފައިވާ ބޯގަނވިލާ ނޫނަށް ތިރީގައިވާ ބޯގަނވިލާ ހެއްދޭނެއެވެ.

  • އަފްޓަރގްލޯ
  • ބާރބަރާ ކާސްޓް
  • ކެލިފޯނިޔާ ގޯލްޑް
  • އިމްޕީރިއަލް ޑިލައިޓް
  • ޖޭމްސް ވޯކާރ
  • މޮނެތު
  • ސަންޑައުން އޮރެންޖް
  • ބެންގަލް އޮރެންޖް
  • ރޯސެންކާ
  • ސިންގަޕޯރ ވައިޓް
  • ހެލެން ޖޯންސަން
  • ޕިކްޒީީ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު