މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާގެ ހުސައިން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، އަދި ޕީޕީއެމްގެ ޕްލޭން "ސީ" ގެ ދަށުން ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ، ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަވައިފިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމިނަށް ވާދަނުކުރެއްވޭ ހާލަތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރަން ނިންމާފައިވަނީ ޑރ. މުޢިއްޒެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވެގެން އުފައްދަވާފައިވާ ޕީއެންސީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލާން ހުޅުވާލައި، ޕީއެންސީގެ މަޝްވަރާ މަޖިލީހުން ނިންމައި، އެ އިންތިޚާބު ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވުމުން، ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. އެ ވޯޓުގައި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރު ބައިވެރިވެވަޑައިގެންފައިވާއިރު، 48 މެންބަރުން ވޯޓް ދެއްވިއެވެ. މުއިއްޒުއަށް 25 ވޯޓް، އާދަމް ޝަރީފަށް 23 ވޯޓް ލިބިވަޑައިގެންނެވިއެވެ. މުޢިއްޒު ކުރިން ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސް ކަމުގެ މަޤާމުގައެވެ. އެ މަޤާމް ދޫކޮށްލައްވައި ޕީއެސްސީގެ މެމްބަރަކަށް ވެ ވަޑައިގެންނެވީ ޕީއެންސީގެ ރިޔާސާ ޓިކެޓް ހޯއްދަވާށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު