ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް އުފެއްދެވި، ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރެއްވި، އއ. ރަސްދޫގެ އެމްޑީޕީ ކައުންސިލަރުންތަކެއް، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ނަމަވެސް މިހާރު އެ ދެ ކައުންސިލަރުން އަލުން ސޮއި ކުރުމާ އެކު، ރަސްދޫ ކައުންސިލްގެ މެޖޯރިޓީ ވެސް ވަނީ އެމްޑީޕީއަށް އަލުން ލިބިގެންގޮސްފައެވެ.
އެމްޑީޕީން ރޭ ކުރި ޓުވީޓެއްގައި ވަނީ، ނާހިދާއި އަނިލް އެނބުރި އެ ޕާޓީއަށް ސޮއިކުރައްވާފައިވާ ކަމަށާއި އެ ބޭފުޅުން ސޮއިކުރެއްވި ފޯމް ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއާއެވެ.
"އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން،" އެމްޑީޕީން ކުރި ޕޯސްޓުގައިވެއެވެ.
ޑިމޮކްރެޓްސް އުފެދުމާ ގުޅިގެން އެމްޑީޕީން ވަކިވެވަޑައިގެންނެވި ރަސްދޫ ކައުންސިލްގެ ރައީސް ނާހިދު އަދި އެކައުންސިލްގެ ނައިބު ރައީސް އަނިލް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން.#Ibu2023 #VoteMDP#UfaaveriAmaanRaajje pic.twitter.com/gmQg5zlmMS
— MDP Secretariat (@MDPSecretariat) August 4, 2023