8 ފެބުރުވަރީ 2025

ސްޕާގައި ހަށިިވިއްކަން ތިބި ބިދޭސީންގެ ބަންދަށް އިތުރު 15 ދުވަސް

މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫންގެ ތެރެއިން ހަށިވިއްކުމުގެ މައްސަލައިގައި، ފުލުހުން ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

މި މީހުން ހައްޔަރު ކޮށްފައި ވަނީ މާލޭގައި ހިންގަމުންދިޔަ އެ ސްޕާގައި ހަށިވިއްކަމުން ދާ ކަމަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެންނެވެ. މިދިޔަ ޖުލައި 20 ވަނަ ދުވަހުގެ ރޭ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމެންޓާއި އިންްޓަލިޖެންސް އިތުރުން މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަނެއްގައި ކަމަށް އޭރު ހާމަކޮށްފައިވެއެވެ.

އެ މައްސަލައިގައި، 5 މީހަކު ހައްޔަރު ކުރިއިރު، އޭގެ ތެރޭގައި ދިވެހި 2 ފިރިހެނުންވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން ތައިލެންޑަށް ނިސްބަތްވާ 34 އަހަރުގެ އަންހެނަކާއި، 35 އަހަރުގެ އަންހެނެއްގެ ސްރީ ލަންކާއަށް ނިސްބަތްވާ 43 އަހަރުގެ އަންހެެނެއް ހިމެނޭއިރު، އެ އެންމެންގެ ބަންދަށް ފުރަތަމަ 15 ދުވަސް ޖެހިއިރު، އިއްޔެ ކޯޓަށް ހާޒިރު ކުރުމުންވެސް ޖެހީ 15 ދުވަސް ކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ކުރިން ވިދާޅުވިގޮތުގައި، މި މީހުން ހައްޔަރު ކޮށްފައި ވަނީ ބަރަހަނާކޮށް ތިއްބާކަމަށާއި އަދި އެ މައްސަލަ ފުލުހުން ތަހްޤީޤު ކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު