18 ޖަނަވަރީ 2025

ޑްރަގް މައްސަލައެއްގައި މަންމައަކާ އެކު އޭނާގެ ދަރިފުޅު ހައްޔަރުކޮށްފި

މަސްތުވަތަކެތީގެ މައްސަލައެއްގައި މާލެއަށް ނިސްބަތްވާ 67 އަހަރުގެ މަންމަ އާއި އޭނާގެ 44 އަހަރުގެ ފިރިހެން ދަރިފުޅު ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށް، 44 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން  ފަސް ދުވަސް ޖަހައިފައިވާއިރު، 67 އަހަރުގެ އަންހެން މީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެގެއިން މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރަން ބޭނުންވާ ގިނަ އަދަދަކަށް ތަކެތި ފެނިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އެ އަންހެން މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އަޮންނަ މީހެއްކަން އެނގިފައިވެއެވެ.

އަދި މަސްތުވާތަކެތި ފެނުނު ކޮޓަރި ހުޅުވީ އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުން ކަމަށް އެ ސީނަށް ދިޔަ ފުލުހެއްގެ ބަޔާނުގައި ބަޔާންކޮށްފައިވާއިރު، އެ ކޮޓަރިއަކީ ދޮވެފައި ހުންނަ އެއްޗެހި ހިއްކަން ބޭނުން ކުރާ ކޮޓަރިއެއް ކަމަށް އޭނާ ބުނި ކަމަށް އެ ފުލުސް މީހާގެ ބަޔާނުގައި ހިމަނާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު