Monday, 16 September 2024

އާމްދަނީ 18.8 ބިލިއަން، އެކަމަކު ޚަރަދު 25.6 ބިލިއަން ރުފިޔާ

މިދިޔަމަސް ނިމުނުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި 18.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެ މުއްދަތުގައި ޚަރަދުގެ ގޮތުގައި 25.6 ބިލިއަން ރުފިޔާ ހިނގާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރީ، ޖުލައިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީއާއި ހަރަދުތައް އަންގައިދޭ ވީކްލީ ރިޕޯޓްގައެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ރިޕޯޓްގައިވާގޮތުން މިދިޔަމަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އުޅެނީ 18.8 ބިލިއަން ރުފިޔާ ކަމުގައި ވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 16.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އާމްދަނީގެ ގޮތުގައި ލިބުނު 18.8 ބިލިއަން ރުފިޔާގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 14.2 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނޭ 4.4 ބިލިއަން ރުފިޔާ، އަދި އެހީގެ ގޮތުގައި ލިބިފައިވާ 251 މިލިއަން ރުފިޔާ މި ތަފާސްހިސާބުގައި ހިމެނެއެވެ.

ޖުލައިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ ޚަރަދު އުޅެނީ 25.6 ބިލިއަން ރުފިޔާ ކަމަށްވާއިރު، އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 17.6 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ހިނގި 7.9 ބިލިއަން ރުފިޔާއެވެ.

އެގޮތުން، ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނޭ 17.6 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 6.7 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 10.7 ބިލިއަން ރުފިޔާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ކެޕިޓަލް ޚަރަދުގެ ތެރޭގައި ހިމެނޭ 7.9 ބިލިއަން ރުފިޔާއަކީ މައިގަނޑު ގޮތެއްގައި ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދުތައް ކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު