މިއަދު ފެށުނު ދިރާސީ އާ އަހަރުގައި އިސްލާމީ އަޚްލާޤުން ޒީނަތްތެރިވެ، ހިތްވަރާއެކު ދަރިވަރުން މަސައްކަތް ކުރުމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ދިރާސީ އާ އަހަރާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޤާސިމް ވިދާޅުވީ، މިފެށުނު ދިރާސީ އާ އަހަރަކީ، ރާއްޖޭގެ ހުރިހާ ދަރިވަރުންނާއި، މުދައްރިސުންނާއި، އިސްކޫލުތަކާއި، އުނގަންނައިދޭ ހުރިހާ މަރުކަޒުތަކަށް ކާމިޔާބު ފާގަތި އަހަރެއްކަމުގައި ލެއްވުމަށް ދުއާ ކުރައްވާ ކަމަށެވެ.
"ޢުލީމީ އާ އަހަރު އެންމެހާ ދަރިވަރުން ގަދައަޅާ މަސައްކަތް ކުރަންވީ އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވެ، ހިތްވަރާއި އެކު ޢިލުމު އުނގެނުމުގައި ގަދަ ހިތްވަރު ކުރުމަށެވެ."
ޤާސިމް ވިދާޅުވެފައިވެއެވެ.
ތައުލީމީ އާ އަހަރު އެންމެހާ ދަރިވަރުން ގަދައަޅާ މަސައްކަތް ކުރަންވީ އިސްލާމީ ރިވެތި އަހްލާގުން ޒީނަތްތެރިވެ، ހިތްވަރާއި އެކު އިލުމު އުނގެނުމުގައި ގަދަ ހިތްވަރު ކުރުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.
"ﷲ ތަޢާލާ ތިޔަ އެންމެހާ ދަރިވަރުންނަށް ކާމިޔާބާއި ފަލާހް މިންވަރުކުރައްވާށި.". ޤާސިމް ވިދާޅުވެފައިވެއެވެ.
މިއަދު މިފެށުނު ދިރާސީ އާ އަހަރަކީ، ރާއްޖޭގެ އެންމެހާ ދަރިވަރުންނާއި، މުދައްރިސުންނާއި، އިސްކޫލުތަކާއި، އުނގަންނައިދޭ އެންމެހާ މަރުކަޒުތަކަށް ކާމިޔާބު ފާގަތި އަހަރެއްކަމުގައި ލައްވާށިއެވެ. ތަޢުލީމީ އާ އަހަރު އެންމެހާ ދަރިވަރުން ގަދައަޅާ މަސައްކަތް ކުރަންވީ އިސްލާމީ ރިވެތި… pic.twitter.com/cZbgaBp8H3
— Qasim Ibrahim (@qasimibrahim) August 6, 2023
މިއަދު ސްކޫލުތަކުގެ ކިޔެވުން ފެށިފައި މިވަނީ ގާތްގަނޑަކަށް ދޮޅުމަހަށް ވުރެ ގިނަ ދުވަހުގެ ބަންދަކަށްފަހުގައެވެ.