Saturday, 13 April 2024

ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭތީ އިމްރާން އުފާ ފާޅުކުރައްވައިފި

އަންނަ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރިމަތިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު، މިއަދުން ފެށިގެން މި ގައުމުގެ ސިޔާސީ ހަޔާތް ނޭވާލާނީ މުޅިން އާ ހަޔާތަކަށް ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ޢަބްދުﷲ އުފާފާޅު ކުރައްވައިފިއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ  ﷲ އަކްބަރު ޖައްސަވާފައެވެ.

ޔާމީނަށް އިންތިހާބަށް ކުރިމަތި ނުލޭވެނެ ކަމަށް ހުކުމް ކުރީ އެ ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ވަނީ ތާއީދު ކުރައްވައިފައެވެ.

އެ ހުކުމް ކުރިތަނާ، މި ސަރުކާރުގެ ހޯމް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން ވަނީ "لله اكبر ولله الحمد" މިގޮތަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

ހޯމް މިނިސްޓަރ ޝެއިޚް އިމްރާންއަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް އިބްރާހީމް މުޙައްމަދު ޞާލިހް ދެވަނަ ދައުރަކަށް ހޮއްވެވުމަށް މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އިމްރާންގެ ޕާޓީންވެސް ވަނީ އެކަމަށް އެމްޑީޕީއާ ކޯލިޝަން ހަދާފައެވެ.

އިމްރާން ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން މި ޤައުމުގެ ސިޔާސީ ހަޔާތް ނޭވާލާނީ މުޅިން އާ ހަޔާތަކަށް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *