Thursday, 18 April 2024

ޤާސިމްގެ ރަނިންގ މޭޓަކަށް، ޑރ. އަމީންއަށް ފުރުޞަތު ބޮޑު

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހމްގެ ރަނިން މޭޓަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމްއަށް ފުރުޞަތު ބޮޑުކަމަށް "ފިޔަ އޮންލައިން" އަށް ކަށަވަރު ކުރެވިއްޖެއެވެ.

އަމީނަކީ ޖޭޕީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރެއިން އެންމެ އިސް އެއް ޑެޕިއުޓީ ލީޑަރެވެ. އަދި އޭނާއަކީ ޤާސިމްގެ އުތުރު ކެމްޕެއިން މެނޭޖަރު ކަން ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޤާސިމްގެ ކެމްޕެއިން ހަރަކާތްތަކުގައި އޭނާ ވަރަށް އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

އަމީން ޤާސިމްގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވާކަން މިއަދު މެންދުރު 14:00 ޖަހައިރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރައްވާނެއެވެ.

އަމީން ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު ކަން ކުރައްވައިފައެވެ. އަމީން ވަނީ ބައެއް ވުޒާރާތަކުގައި ވެސް މަސައްކަތް ކުރައްވައިފައެވެ. އޭގެ ތެރޭގައި ޖެންޑަރ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ހިމެނެއެވެ.

ވީޓީވީގެ ވެރިއަކަށް ވެސް މަސައްކަތް ކުރެއްވި އަމީން ވަނީ އެމްޓީސީސީ ބޯޑު ޑިރެކްޓަރުގެ މަޤާމު ވެސް އަދާ ކުރައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *