Wednesday, 22 May 2024

ފާރިސް އަމިއްލަ ގޮތުން ވާދަކުރައްވާ ކަން އިޢުލާންކުރައްވައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް، އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ފާރިސް މައުމޫން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާކަން އިއުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ  މި ވަގުތު ފާރިސް ދެއްވަމުން ގެންދަވާ ބަޔާނެއްގައެވެ.

އެމްއާރްއެމްގެ ރައީސް، އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ފާރިސް މައުމޫން މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ބޭނުންވާ ތާޢީދު ސޮއިވެސް މިހާރު ވަނީ ހަމަކުރައްވާފައެވެ.

އަންނަ ސެޕެޓެންބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު، މި ހިނގާ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ހުޅުވާލާފައެވެ.

ފާރިސް އެމްއާރްމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވީނަމަވެސް އީސީން އެމްއާރްއެމް އުވާލުމާއި ގުޅިގެން އެކަމަށް ވަނީ ހުރަސް އެޅިފައެވެ. މިއާއެކު އެ ޕާޓީން ނިންމާފައި ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައިވެސް ފާރިސް ނެރުމަށެވެ.

ފާރިސް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރުމަށް ސޮއި ހަމަކޮށް، މިހާތަނަށް 1،500 ސޮއި ހަމަކޮށްފައިވީނަމަވެސް، އީސީއަށް ހުށަހަޅަން ނިންމަވާފައިވާ ތާރީޚެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ނަމަ، ތާއީދު އޮތްކަން ހާމަ ކުރުމުގެ ގޮތުން ހުށަހަޅާ 1،500 މީހުންގެ ސޮޔާއި މައުލޫމާތު ހިމެނޭ ލިޔުމެއް ލާން ޖެހެއެވެ.

މިހާރު ސޮއި ހޯދުމުގެ މަސައްކަތް ކުރެއްވީ، އެމްއާރުއެމް އުވާލުމުގެ މައްސަލަ ކޯޓުގައި އޮތުމުން، އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ނުކުންނާނެ ކަމާ މެދު ސުވާލު އުފެދިފައިވާތީއެވެ. އެ ގޮންޖެހުން އޮތުމުން، ފާރިސް ވާދަކުރައްވަނީ އަމިއްލަ ގޮތުން ކަމަށް އެނގިފައިވެއެވެ.

އެމް.އާރު.އެމް ގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި، ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވި ހަމައެކަނި ކެންޑިޑޭޓަކީ، އެޕާޓީގެ ރައީސް ފާރިސް މައުމޫން ކަމުން، އެމްއާރްއެމްގެ ރިޔާސީ ޓިކެޓް ފާރިސްއަށް ކަށަވަރުވިނަމަވެސް، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ތާޢީދު ފޯމްގައި ސޮއިކުރައްވަމުން ގެންދަވަނީ، ބެލެވޭ ގޮތުގައި މިހާރު އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އާއި ދެކޮޅަށް ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން، ފާރިސްގެ ކެންޑިޑެސީ ކަށަވަަރު ކުރުމަށެވެ.

‎2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް) ގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު،  25 ޖުލައި 2023 ވި އަންގާރަ ދުވަހުން 27 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އާ ހަމައަށް އެ ޕާޓީން ހުޅުވާލެއްވިއެވެ.

މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށ،ް ޝައުޤުވެރިކަން ހުރި ކަމަށް، މީގެ ކުރިން އެކި ފަހަރު މަތިން ފާރިސް ހާމަކުރައްވާފައިވާއިރު، އެ ޕާޓީން ފާރިސް ޕްރޮމޯޓްކުރުމަށް މީގެ ގިނަ ޙަރަކާތްތަކެއް ހިންގަވާފައިވާ ކަން ފާހަގަކުރެވެއެވެ.

އަދި ފާރިސްއަށް ތާޢީދުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި އޭނާ ޕްރޮމޯޓްކުުރުމުގެ އިތުރުން ތަފާތު އިވެންޓްތަކާއި ބައްދަލުވުންތައްވެސް މީގެ ކުރިން ވަނީ ބާއްވާފައެވެ.

ފާރިސް އަބަދުަވެސް ވަކާލާތުކުރަށް ވަމުން ގެންދަވަނީ، އިސްލާޙީ ހެޔޮ ބަދަލު ގެންނަން ޖެހޭ ވާހަކައެވެ. އަދި ޕާޓީތަކުން ވަޢުދުވެ ވެރިކަމާ ޙަވާލުވުމުން އެކަންކަން ހަނދާން ނުހުންނަކަން ފާހަގަކުރައްވަމުން ގެންދަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ދިވެހި ޜައްޔިތުންނަކީ 1500 ނޫނީ 3000 މީހުނެއް ނޫނެވެ. އެއީ ކޮންމެވެސް ކްލަބެއްގެ ސަޕޯޓަރުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *