8 ފެބުރުވަރީ 2025

ފާރިސްގެ ރަނިންމޭޓަކަށް ޑރ. ޢަބްދުއްސައްތާރު ޔޫސުފް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް، އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ފާރިސް މައުމޫން މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވައި، އެ މަނިކުފާނުގެ ރަނިން މޭޓަކަށް ޑރ. ޢަބްދުއްސައްތާރު ޔޫސުފް ހަމަޖައްސަވައިފިއެވެ

ޑރ. އަބްދުއްސައްތާރު ޔޫސުފަކީ، ޞިއްޙީ ދާއިރާގައި ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން، ޑަބްލިޔުއެޗްއޯގައި 17 ވަރަކަށް އަހަރު ހޭދަކުރައްވާފައިވާ، ބައިނަލްއަޤްވާމީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ބައިނަލްއަޤްވާމީ މައިދާނުގައި ބަސްވިކޭ ހަރުދަނާ ބޭފުޅެކެވެ. ހަމައެހެންމެ، ދީނާ ޤައުމުގެ ޙައްޤުގައި މަސައްކަތްކުރައްވާނެ ޤައުމީ ބޭފުޅެކެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ޙާލަތު ދިރާސާކުރައްވައި، އެ ދިރާސާގެ މައްޗަށް ބިނާކޮށް ފޮތެއް ލިޔުއްވާފައިވާ ޢިލްމީ ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ހިންގުމުގެ ދާއިރާގެ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ފަންނީ ޤާބިލު ބޭފުޅެކެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް، އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ފާރިސް މައުމޫން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާކަން އިއުލާން ކުރައްވާފައިވަނީ އާދިއްތަ ދުވަހު ހަވީރު، ފާރިސް ދެއްވި ބަޔާނެއްގައެވެ.

އެމްއާރްއެމްގެ ރައީސް، އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ފާރިސް މައުމޫން މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ބޭނުންވާ ތާޢީދު ސޮއިވެސް މިހާރު ވަނީ ހަމަކުރައްވާފައެވެ.

އަންނަ ސެޕެޓެންބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު، މި ހިނގާ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ހުޅުވާލާފައެވެ.
ފާރިސް އެމްއާރްމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވީނަމަވެސް އީސީން އެމްއާރްއެމް އުވާލުމާއި ގުޅިގެން އެކަމަށް ވަނީ ހުރަސް އެޅިފައެވެ. މިއާއެކު އެ ޕާޓީން ނިންމާފައި ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައިވެސް ފާރިސް ނެރުމަށެވެ.

ފާރިސް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރުމަށް ސޮއި ހަމަކޮށް، މިހާތަނަށް 1،500 ސޮއި ހަމަކޮށްފައިވީނަމަވެސް، އީސީއަށް ހުށަހަޅަން ނިންމަވާފައިވާ ތާރީޚެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ނަމަ، ތާއީދު އޮތްކަން ހާމަ ކުރުމުގެ ގޮތުން ހުށަހަޅާ 1،500 މީހުންގެ ސޮޔާއި މައުލޫމާތު ހިމެނޭ ލިޔުމެއް ލާން ޖެހެއެވެ.

މިހާރު ސޮއި ހޯދުމުގެ މަސައްކަތް ކުރެއްވީ، އެމްއާރުއެމް އުވާލުމުގެ މައްސަލަ ކޯޓުގައި އޮތުމުން، އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ނުކުންނާނެ ކަމާ މެދު ސުވާލު އުފެދިފައިވާތީއެވެ. އެ ގޮންޖެހުން އޮތުމުން، ފާރިސް ވާދަކުރައްވަނީ އަމިއްލަ ގޮތުން ކަމަށް އެނގިފައިވެއެވެ.

އެމް.އާރު.އެމް ގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި، ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވި ހަމައެކަނި ކެންޑިޑޭޓަކީ، އެޕާޓީގެ ރައީސް ފާރިސް މައުމޫން ކަމުން، އެމްއާރްއެމްގެ ރިޔާސީ ޓިކެޓް ފާރިސްއަށް ކަށަވަރުވިނަމަވެސް، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ތާޢީދު ފޯމްގައި ސޮއިކުރައްވަމުން ގެންދަވަނީ، ބެލެވޭ ގޮތުގައި މިހާރު އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އާއި ދެކޮޅަށް ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން، ފާރިސްގެ ކެންޑިޑެސީ ކަށަވަަރު ކުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު