16 ޖަނަވަރީ 2025

ޔާމީން ދައްކަވަންޖެހޭ 5 މިލިއަަން ޑޮލަރުގެ މައްސަލަ ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއިއެކު 5 މިލިއަން ޑޮލަރުން ކުރި ޖޫރިމަނާގެ ފައިސާ ހޯދަން އެ މައްސަލަ، ބަންޑާރަ ނައިބުގެ އޮޮފީހުން ސިވިލްކޯޓަށް ހުށައަޅުއްވައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަދުވަހުއެވެ. އަދި ހުކުމްގައި ހިމެނޭ ޖޫރިމަނާ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ދަށު ކޯޓްގެ ހުކުމްގައިވެއެވެ. އެ މުއްދަތު ވަނީ މިދިޔަ ޖޫންމަހަށް ހަމަވިއިރުވެސް އެފައިސާ ދައްކާފައި ނުވާކަމަށް އޭޖީ އޮފީހުން ފާހަގަކުރައްވައެެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ސަބަބުތަކުގެ ތެރޭގައި ދަށު ކޯޓްގެ ހުކުމްގައިވާ ފައިސާ ނުދައްކަވާ އޮތުން ސާބިތު ދަރަންޏެއް އޮތްކަމަށް ވަނީ ހިމަނާފައެވެ. މި ނިންމުމާއި ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވެގެން އެކަން އެމަނިކުފާނަށް އަންގަވާފައި ނުވާކަމަށެވެ.

އެކަމަކު، މި މައްސަލާގައި މިއަދު ސުޕްރީމްކޯޓުން އިއްވި ހުކުމްގައި ވަނީ ފައިސާ ނުދައްކައިގެން އެކަމުގެ ލިޔުން ރައީސް ޔާމީންނަށް މީރާއިން ފޮނުއްވާފަައިވާކަން ރެކޯޑްތަކުން ފެންނަކަމަށާއި، އަދި އެ ލިޔުން އެމަނިކުފާނުގެ ވަކީލުންނަށް ދެއްވުމަށް އެދިވަޑައިގެން ރައީސް ޔާމީން ސޮއިކޮށް ޕިންގަރ ފްރިންޓް ޖަހާފައިވާކަން ކަރެކްޝަންސްގެ ލިޔުންތަކުން އެނގޭކަމަށެވެ.

ސުޕްރީމްކޯޓުން ނިންމެވި ނިންމެވުމުގައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު ޖަލުހުކުމެއް ރައީސް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުން ރަނގަޅުކަމަށެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު، އެމަނިކުފާނު ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދިވަޑައިގެންނެވިއެވެ.

ޔާމީންގެ އެދިވަޑައިގެންނެވުމާ މެދު މަޝްވަރާ ކުރުމަށްފަހު، އެ ދެ ޕާޓީގެ ޖޮއިންޓު ސެނެޓުގެ އަޣްލަބިއްޔަތުން ވަނީ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ.

އެހެންނަމަވެސް ޔާމީން ވަނީ އެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށް އަންގަވައިފަ އެވެ. އެއާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ވަނީ އިތުރު ބައްދަލުވުމެއް ބާއްވައި، އެކަމާ އިތުރަށް މަޝްވަރާކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު