ފުޓުބޯޅަ ލީގުތައް ނުހަނު ފޯރީގައި ބަލާފަރާތްތަކަށް އެންމެ އުފާވެރި ޚަބަރަކަށްވާނީ ފުޓްބޯޅަ ލީގުގެ ފެށެން އުޅޭ ޚަބަރު ލިބުމެވެ، 22/23 ސީޒަންގެ ފުޓުބޯޅަ ލީގުތައް މިއަހަރުގެ ޖޫން މަހުގައި ނިމުނުއިރު، އޯގަސްޓު 12 ވަނަ ދުވަހު ލީގުތަކުގެ އާ ސީޒަން ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
ފުޓުބޯޅައިގެ އެންމެ ވަރުގަދަ 4 ލީގު ކަމަށްވާ، އިނގިރޭސި ޕުރިމިއަރ ލީގް، ސްޕެނިޝް ލަލީގާ، އިޓާލިއަން ސެރި އާ އަދި ފުރެންޗް ލީގް 1 ގެ މެޗުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ގިނަ ބަޔަކު ބަލާ ފުޓުބޯޅަ ލީގު ކަމުގައި އިނގިރޭސި ޕުރިމިއަރ ލީގުގެ ތަށި އުފުލާލީ މެންޗެސްޓަރ ސިޓީއެވެ. ޕެޕް ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން ސިޓީ އިން 5 ތަށި ނެގި އިރު ޖުމްލަ 7 ލީގު ތަށި ވަނީ ސިޓީއިން ކާމިޔަބު ކޮށްފައިވާއިރު، މިއީ ސިޓީއިން ވިދިވިގެން ލީގު ތަށި އުފުލާލި 3 ވަނަ ފަހަރެވެ.
ލީގު ހުޅުވާ މެޗު ކުޅޭނީ 12 އޯގަސްޓް ވާ ހޮނިހިރު ދުވަހުގެ 00:00 ގައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗަސްޓަރ ސިޓީއާއި އަލަށް ލީގަށް ޕުރޮމޯޓްވި ބާންލީއެވެ.
ލީގުތަކުގެ 2 ވަނައަށް އެންމެ ގިނަމީހުން ބަލާ ސްޕެނިޝް ލަލީގާ ގެ ޗެމްޕިއަންކަން ނެގީ ބާސެލޯނާއެވެ. ބާސެލޯނާއަށް ކުޅުންތެރިޔެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ ޒަވީ ގެ ކޯޗުކަމުގެ ދަށުން ކާމިޔަބު ކުރި ފުރަތަމަ ލީގު ތަށީގެ އިތުރުން ލީގުގެ ތާރީހުގައި ބާސެލޯނާއިން ކާމިޔާބު ކުރި 27 ވަނަ ތައްޓެވެ.
ލީގު ފެށިގެންދާއިރު، ފުރަތަމަ މެޗެއްގެ ގޮތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަލްމޭރިއާ އަދި ރަޔޯ ވެލްކަނޯ ބައްދަލުކުރާ މެޗެވެ. މި މެޗެ ކުޅޭނީ ހުކުރު ދުވަހުގެ ރޭގަނޑު 22:30 ގައެވެ.
އެންމެ ފަހުން ނަޕޯލީއިން ލީގު ތައްޓެއް ކާމިޔާބު ކޮށްފައިވަނީ މީގެ 33 އަހަރު ކުރިން 1990 ވަނަ އަހަރުގައެވެ. މި ފެށޭ އާ ސީޒަންގެ ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ ފުރުސިނޯން އަދި ނަޕޯލީ ގެ އިތުރުން އެމްޕޯލީ އަދި ވެރޯނާ އެވެ. މި މެޗު ކުޅޭނީ އޯގަސްޓް 19 ވާ ހޮނިހިރު ދުވަހުގެ ރޭ 21:30 ގައެވެ.
ފުރާންސްގެ ލީގް 1 އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޕީ އެސް ޖީއެވެ. މިއި ޕީ އެސް ޖީ އިން ކާމިޔާބުކުރި 11 ވަނަ ލީގު ތައްޓެވެ. މި ފެށޭ އާ ސީޒަންގެ ލީގު ހުޅުވާ މެޗު ކުޅޭނީ އޯގަސްޓް 12 ވާ ހޮނިހިރު ދުވަހެވެ. މެންދަމު 12 ޖަހާއިރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނައިސް އަދި ލީލްއެވެ.