Thursday, 18 April 2024

ޑޮކްޓަރެއް އޭނާގެ ދަރި މަރާލައި، އަމިއްލައަށް މަރުވެއްޖެ

ނިއުޔޯކް ސިޓީގެ ކެންސަރ ޑޮކްޓަރެއްކަމަށްވާ ކްރިސްޓަލް ކެސްކެޓާ، އޭނާގެ ދަރިފުޅު މަރާލުމަށްފަހު، އޭނާ އަމިއްލައަށް މަރުވެއްޖެއެވެ. މިކަން ހިނގާފައިވާ ކަން ކަށަވަރުކޮށްދެމުން ނިއުޔޯކްގެ ފުލުހުން ބުނެފައިވަނީ އެކަން ހިނގާފައިވަނީ، މިދިޔަ ހޮނިހިރު ދުވަހުގައި ކަަމަށެވެ.

ޑރ. ކްރިންޓަލްއަކީ މައުންޓް ސިނައި ހޮސްޕިޓަލުގައި މަސައްކަތްކުރަމުންދާ ޑޮކްޓަރެކެވެ. އޭނާ ވަނީ އޭނާގެ ދަރިއަށް ބަޑިން ހަމަލާދީ މަރާލާފައެވެ. އޭގެ ފަހުން އޭނާ ގަޔަށް އަމިއްލައަށް ބަޑި ޖަހާ އަމިއްލައަށް މަރުވެފައިވާ ކަމަށް، ނިއުޔޯކުގެ ފުލުހުން ބުނެއެވެ.

މިކަން ހިންގާފައިވަނީ، ނިއުޔޯކް ސިޓީގެ އުތުރުން 50 މޭލު ދުރުގައި ހުންނަ، އޭނާ ދަރިއުޅެމުންދިޔަ ގޭތެރޭގައި، ހޮނިހިރު ދުވަހުގެ ހެނދުނު ކަމަށްވެސް ފުލުހުންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާގެ އިތުރު ތަފްސީލެއް ނުދިން ނަމަވެސް، މިއީ އަމިއްލައަށް ދިން ހަމަލާއެއްކަމުގެ 100 ޕަސެންޓް ޔަޤީންކަން ދޭ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މަރާލި ކުޑަ ކުއްޖާގެ ޢުމުރުވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އެތަނަށް ފުރަތަމަ ވަން މީހާއާ ޙަވާލާދީ ބުނެފައިވަނީ، އޭނާ އެތަނަށް ވަނީ ވަރަށް ބާރު އަޑެއް އިވިގެން ކަމަށާއި، އެއް ފަހަރު ބަޑި ޖަހާއިރު އިވޭ އިރަށް އެ އަޑު އިވުނު ދިމާއަށް ދިއުމަށް އޭނާ މަސައްކަތްކުރި ކަމަށާއި، ނަމަވެސް އޭނާއަށް އެ ކަން ހިނގި ކޮޓަރިއާ ހިސާބަށް ދެވުނީ ދެ ވަނަ ފަހަރަށް ބަޑި ޖެހިއަޑު އިވުނު ފަހުން ކަމަށެވެ. އަދި އެ ކޮޓަރިއާ ހަމައަށް ދިޔައިރ،ު ކޮޓަރި ހުރީ ތަޅުލާފައި ކަމުން، ދޮރުގެ ތަޅު ހަލާކޮށްލައި ވަންއިރު، ދެމީހުންވެސް މަރުވެފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަޙްްޤީޤު ކުރަމުންދާ ކަމަށް ނިއުޔޯކް ފުލުހުން ބުނެއެވެ.

އަމިއްލައަށް ހަމަލާ ދީގެން މަރުވި ޑރ. ކެސްކެޓާ އަކީ އަލްބާނީ މެޑިކަލް ކޮލެޖްގެ ގްރެޖުއޭޓެއް ކަމަށާއި، އޭނާއަކީ ކެންސަރަށް ފަރުވާ ކުރަމުންދިޔަ މޮޅު ޑޮކްޓަރެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *