18 ޖަނަވަރީ 2025

ފުއާދު ތަޢުފީޤުގެ ދަރިކަލުން ނިޔާވެއްޖެ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤުގެ ދަރިކަލުން ނިޔާވެއްޖެއެވެ.

ފުއާދުގެ ދަރިކަލުން އަހުމަދު ފުއާދު ނިޔާވީ ދާދި ދެންމެއަކު އިންޑިއާގެ ޓްރިވެންޑްރަމްގައެވެ.

މިކަން ހިއްސާކުރައްވާފައިވަނީ، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައެވެ.

ފުއާދުގެ ދަރިކަލުން ނިޔާވީ ގިނަ ދުވަސް ތަކެއްވަންދެން ބަލިވެ އުޅުމަށްފަހު، ފަރުވާއަށް ބޭސް ކުރައްވަމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުއާދުގެ ދަރިކަލުން ގެންދެވީ ފުއްޕާމޭގެ ފަރުވާއެއް ހޯއްދަވަމުންނެވެ.

މިހިތާމަވެރި ދަނޑިވަޅުގައި ފުއާދުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމްގެ ފުރާނައަށް ސުވަރުގެގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި ދުޢާކުރަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު