Saturday, 13 April 2024

ފޫގަޅައިގެން މިނުކުތީ މުއިއްޒު ހޮވަން: ޣައްސާން

ފޫގަޅައިގެން މިނުކުތީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ހޮވަން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަ ކުރާ ކެނޑިޑޭޓް، މާލޭ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމާއި ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި މުއިއްޒު އާއި ރަނިންމޭޓް ޙުސައިންއަށް ކާމިޔާބު ހޯދައިދޭން ފޫގަޅައިގެން ނުކުމެ ހުންނެވި ކަމަށާއި ރައްޔިތުންނަށްޓަކައި މި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
https://twitter.com/mgmaumoon/status/1688420668109619200?s=20

ޣައްސާން މައުމޫން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވައުދުތައް ފުއްދާ ރައްޔިތުން ދެކެ ލޯބިފުޅުވާ ރައީސެއް ކަމަށެވެ. ރައީސް ޔާމީންވެސް ޕީޕީއެމްވެސް މުއިއްޒުއަށް ތާއީދުކޮށް އެބޭފުޅާގެ ފަހަތަށް ނުކުމެ ތިއްވެބިކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑަރޝިޕް ރައީސް ޔާމީންގެ ނިންމުން ބަލައިގަންނަވާފައިވާއިރު، ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުގެ ލީޑަރ، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް އަދި ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ ޕްރޮގްރެސިވް ކޯލިޝަންގެ ސެނެޓާއި އާންމު މެމްބަރުންނާއި ލައްކައަކަށް ވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާ އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއްވުން ކަމުގައި ޔާމީން ޤަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

އެހެންކަމުން ސެނެޓްގެ ވިސްނުމާ އެއްގޮތަށް ޔާމީން، އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވައި ޕީއެންސީން ނެރޭ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ޕީޕީއެމްގައި ހުންނެވި މުއިއްޒު ޕީއެންސީއަށް ސޮއި ކުރައްވާފައިވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ކެނޑިޑޭޓެއް ނެރުމަށް ނިންމާފައިވާތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *