ޤާނޫނު އަަސާސީ ވުޖޫދުވިތާ 15 އަހަރު ފުރުމުގެ މުނާސަބަތުގައި، އައު ޤާނޫނު އަސާސީއަށް ކުރި ދަތުރު، ކުރު ގޮތަކަށް ބަޔާންކޮށްދެއްވަމުން، އައު ޤާނޫނުއަސާސީ ވުޖޫދުވީ ރައީސް މައުމޫންގެ އިޞްލާޙީ އެޖެންޑާގެ ދަށުން ކަމަށް، ޤާސިމް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ދެއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވެއްޖެއެވެ.
ޤާސިމް ވިދާޅުވީ، 2003 ގެ ފަހު ކޮޅު ފެށުނު ސިޔާސީ ހަލަބޮލި ކަމާއެކު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް 9 ޖޫން 2004 ގައި އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާއާއެކު، ޤާނޫނު އަސާސީ އިސްލާހް ކުރުމަށް އިންތިހާބު ކުރެވުނު ހާއްސަ މަޖިލީހުން އެކުލަވާލި ޤާނޫނު އަސާސީ ނިންމުމަށް ރެޔާއި ދުވާލު މެދުކެނޑުމެއް ނެތި ކުރެވުނު އެ ބުރަ މަސައްކަތް ނިންމާލެވުނީ އޭނާ އެ މަޖިލީހުގެ ރައީސް ކަމުގައި އިންނަވައިގެން ކަމަށެވެ.
ދިވެހީން މިއަދު މިދެކޭ ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމާއި، ސިޔާސީ އަދި ދިމިޤްރާތީ ހެޔޮބަދަލުތަކާއި، އިސްލާމް ދީނުގެ އަސްލުތަކާއި އުޞޫލު ތަކާއި ޚިލާފު ނުވާ ގޮތުގެ މަތީން ބައިނަލް އަޤްވާމީ މިންގަނޑުން ގުނާލެވޭ އިންސާނީ ހައްޤުތަށް، ޤާނޫން އަސާސީ އެއްގައި ލިޔެވި، ދިވެހީންނަށް… pic.twitter.com/EGqvC2gvBw
— Qasim Ibrahim (@qasimibrahim) August 7, 2023
"އެހެންކަމުން މި ތާރީހީ މުނާސަބަތުގައި، މި މުހިންމު މަސައްކަތުގައި އޭރު އަމަލީ ގޮތުން އުޅުއްވި އެންމެހާ ބަތަލުންނަށާއި، އިސްލާހަށް މަސައްކަތް ކުރެއްވި ހުރހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް، އަދި ޖުމުލަ ކޮށް އާންމު ހުރިހާ ދިވެހި ރައްޔިތުންނަށް ތަގްނިޔާއާއި މުބާރަކު ބާދު އަރިސް ކުރަމެވެ."
ޤާސިމް ވިދާޅުވިއެވެ.
2008 ވަނަ އަހަރުގެ އޮގަސްޓަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:32 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ތަސްދީޤް ކުރެއްވިި ޤާނޫނު އަސާސީއަކީ ރާއްޖޭގެ ތާރީޚްގައި އެކުލަވާލެވުނު 7 ވަނަ ޤާނޫނު އަސާސީއެވެ. އެ ދުވަހު ތަސްދީޤު ކުރެވުނު ރާއްޖޭގެ 7 ވަނަ ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ފެށުނީ 19 ޖުލައި 2004 ގައެވެ. އެއީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޤާނޫނު އަސާސީ އިސްލާޙް ކުރެއްވުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެއްވުމުންނެވެ. މި ޤާނޫނު އަސާސީ ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ފާސްކުރައްވާފައިވަނީ 26 ޖޫން 2008 ގައެވެ. ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވަނީ 30 ޖޫން 2008 ގައެވެ.
އައު ޤާނޫނު އަސާސީ ވުޖޫދުވީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ. އެއިރު ހާއްސަ މަޖިލީހުގެ ރައީސް އަކަށް ހުންނެވީ ޤާސިމެވެ.