8 ފެބުރުވަރީ 2025

ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރު ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މިއަދު، ރާއްޖޭގެ މޫސުން އެހާ ގޯސް ނޫން ނަމަވެސް، އަންގާރަދުވަހުން ފެށިގެން މޫސުން ގޯސްވުން އެކަށީގެންވާ ކަމަށެވެ.

ވައިޖެހޭނެކަމަށް ލަފާކުރަނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ. ފާއިތުވި 24 ގަޑިއިރާ އަޅާބަލާއިރު ވައިޖެހޭ ބާރުމިން މިވަނީ އިތުރުވެފައެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ކެރިގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާ ހަތް ފޫޓާ ދެމެދުގައެވެ.

މެޓުން ބުނީ، ފާއިތުވި 72 ގަޑިއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރި ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު އުދައިގެ އަސަރުކުރުމުގެ ފުރުސަތު ކުޑަ ކަަމަށެވެ.

ފާއިތުވި ތިން ދުވަހުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ. އެންމެ ބޮޑުވަރުވެފައިވަނީ ވެރިރަށް މާލެއަށް ކަމަށް މައުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު