އެމްޑީޕީ މަޑަވެލި ޖަގަހައިގައި ހުޅުޖެހުން ރައީސް ނަޝީދު ކުށްވެރިކުރައްވައިފި

ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ހަރަކާތަށް ތައްޔާރުކޮށްފައިވާ މަޑަވެލީގެ އެމްޑީޕީގެ ޖަގަހައިގައި ހުޅުޖަހާ ރޯކޮށްލި މައްސަލަ ދި ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރައްވައިފިއެވެ.

މަޑަވެލީގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު މީހުން ގަސްތުގައި ކޮށްފައިވާކަމެއްކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާއިރު، ރައީސް ނަޝީދުވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އިންތިހާބާއި ގުޅުވައި މީހުން ހައްޔަރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. ހަމަ އެގޮތުން ތަންތަން ރޯކޮށް މުދަލަށް ގެއްލުންދީ ހެދުމަކީވެސް ކޮށްގެންވާނެކަމެއް ނޫންކަމަށާއި އެހެންކަމުން މަޑަވެލީގައި ހުރި އެމްޑީޕީގެ ޖަގަހައިގައި “ހުޅުޖެހުން” ކުށްވެރިކުރައްވާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
https://twitter.com/MohamedNasheed/status/1688775966024482816?s=20

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ހުޅު ޖަހާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެ ރަށުގެ އުތުރު ފަރާތުގައި ހަދާފަައިވާ އެ ތަނުގައި ހުރި ފޮތިތަކާއި ކެމްޕޭން ޖަލްސާގެ ޕޯޑިއަމް ހުރި ސްޓޭޖްގެ ބެކްޑްރޮޕްގައި ވެސް ވަނީ ހުޅު ޖަހާފައެވެ. އަދި ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް ވަނީ އަނދައިގެން ގޮސްފައެެވެ.
ރައީސް ޞާލިހުގެ ކެމްޕެއިނަށް ގއ. އާއި ގދ. އަށް މިއަދު ފައްޓަވާ ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގަންވަން އޮތީ ހެނދުނު 9 ޖަހާއިރު އެވެ. ނަމަވެސް ޖަލްސާ ބާއްވަން އޮތްތަނުގައި ހުޅު ޖެހުމުން ދަތުރުފުޅު ފަސްކުރެއްވިއެވެ.
މި ވަގުތު ދ އަތޮޅުގައި ހުންނެވިއިރު، އެމަނިކުފާނު ވަޑައިގަތުމުގެ ގޮތުން މަޑަވެލީގެ ކެމްޕެއިން ޓީމުންވަނީ އެ ރަށުގައި ހުންނަ އެމްޑީޕީގެ ޖަގަހަ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު