Thursday, 25 July 2024

އެމްއެންޕީގެ މެނިފެސްޓޯ، އެމްޑީޕީއިން ކޮޕީކުރާ ކަމުގެ ތުހުމަތު

 

އެމްޑީޕީއިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީއިން އެކުލަވާލާފައިވާ މެނިފެސްޓޯ ހިއްސާކުރުމާއިއެކު އެމްއެންޕީގެ ނައިބު ރައީސް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ފާޑުވިދާޅުވެ، އެމްއެންޕީގެ މެނިފެސްޓޯ، އެމްޑީޕީއިން ކޮޕީކުރާ ކަމުގެ ތުހުމަތު ކުރައްވައިފިއެވެ.

ވެރިކަން ކުރާ ޕާޓީ އެމްޑީޕީއިންވަނީ އެ ޕާޓީގެ ދެވަނަ ދައުރެއްގައި ރައްޔިތުންނާއި ހިސާބަށް ގެނެސްދިނުމަށް ކަނޑައެޅިފައިވާ ބައެއް ސިޔާސަތުތައް ރޭ ހިއްސާކޮށްފައެވެ. އެގޮތުން “އުފާވެރި ދިރިއުޅުން” ނަމުގައި އެކުލަވާލެވިފައިވާ ސިޔާސަތުގެ ދަށުން ސަރުކާރުން ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިން ސްޓޫޑެންޓު ލޯނު ދެއްކުމުގެ ބުރައަށް ލުއިތަކެއް ގެނެސްދިނުމަށް ކަނޑައެޅިފައިވާކަން ހާމަކޮށްފައިވެއެވެ. މި އުސޫލުގެ ދަށުން އެ ލޯނުގެ ގްރޭސް ޕީރިއަޑު އިތުރުކޮށްދިނުމާއި އެއްކޮށް މާފުކޮށްދިނުންވެސް ހިމެނޭކަމަށް އެމްޑީޕީއިންވަނީ ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން މައުލޫމާތު ދީފައެވެ.

އެކަމާ ގުޅިގެން، އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންކަމާއި އެމްއެންޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންކަމާއި އެއްގޮތްވާކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ. އެގޮތުން އެ ޕާޓީގެ ވެރިކަމެއްގައި ސްޓޫޑެންޓު ލޯނު މާފުކޮށްދިނުމަށް ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެފައިވެއެވެ. އޭނާ އެ ވައުދުވެވަޑައިގަތީ މި އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު އެމްއެންޕީގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

އެކަމަށްް ތުހުމަތުކުރައްވައި، ރިޔާޒް ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވީ، އެމްޑީޕީގެ އަލަށް އިފްތިތާހު ކުރެވިގެންދިޔަ މެނިފެސްޓޯއަކީ އެމްއެންޕީގެ މެނިފެސްޓޯ “ކޮޕީ ޕޭސްޓު” ކޮށްގެން އެކުލަވާލެވިފައިވާ ލިޔެކިއުމެއްކަމަށް އިންތިހާށް ހީވެގެންދާކަމަށެވެ.

އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންތައްތަކަކީ:

  • ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް ސެޓްފިކެޓް 1 އިންފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުން
  • ލޭ ޑިގްރީ ޕްރޮގްރާމަށް ހާއްސަ ސްޓޫޑަންޓް ސަޕޯޓް ސަރވިސް ޔުނިޓެއް ގާއިމުކުރުން
  • ތަފާތު އެކި ހުނަރު ހުރި ފަރާތްތަކަށް ހާއްސަކޮށްގެން ސްކިލް ބޭސްޑް ސްކޮލާޝިޕް ތައާރަފްކުރުން
  • ހުނަރު ތަރައްގީކުރެވޭނެ ހަބްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުން
  • އާބާދީ ބޮޑު ސަހަރައްދުތަކުގައި ދަނާލުތައް ގާއިމްކުރުން

ރާއްޖެއިން ބޭރުން ކުދިން ކިޔަވަން ރާއްޖެއައުމަށް ބާރުއެޅުމުގެ ގޮތުން ސްޓޫޑަންޓް ވިސާ ތައާރަފްކޮށް، ބޮންޑް ޤާނޫނަށް އަމަލުކުރުން ހުއްޓާލާނެ ކަމަށް ވެސް މެނިފެސްޓޯގައި ވެއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވަނީ މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެހީގެ އުސޫލު މުރާޖައާކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފުކުރާނެ ކަމަށެވެ. އަދި ލޯނު އަނބުރާ ދައްކަން ލިބޭ ގްރޭސް ޕީރިއަޑް އިތުރުކުރާނެ ކަމަށެވެ.

މީގެއިތުރުން، ލޯނު ފުރުސަތުގެ ދަށުން ކިޔަވަން ފުރުސަތު ދޭއިރު ރާއްޖޭގައި މިހާރު ޕްރޮފެޝަނަލީ ހަރަކާތްތެރިވާ ބިދޭސީން ތިބި ދާއިރާތަކާއި އަދަދަށް ބަލާ، އެ ދާއިރާތަކުން ކިޔެވުމަށް ފުރުސަތުދެވޭނެ ކަމަށް ވެސް މެނިފެސްޓޯގައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު