ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ޝަރުތުހަމަވާ އެންމެންނަށް ފްލެޓު ލިބޭ ގޮތަށް އާންމުކޮށްފައިވާއިރު، ފްލެޓް ލިބޭ މީހުންގެ ގޮތުގައި ވިހިހާހަށްވުރެ ގިނަ މީހުންގެ ނަން ސަރުކާރުން އިއުލާން ކުރި ނަމަވެސް އިންތިހާބުގެ ކުރިން ނިމޭނެ ކަމަށް ލަފާކުރެވޭ ފްލެޓްގެ އަދަދު 4000 އަށް ވުރެ ވެސް މަދުކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ އަންނަ މަހުގެ 09 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ފްލެޓް ލިބުނު މީހުންނަށް ލިޔުން ހަވާލު ކުރުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ.
އަދި ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު "ގެދޮރުވެރިން ޕޯޓަލް" އަށް ފޯމު ހުށަހެޅުއްވިއިރު ވެފައިވާ އިޤްރާރުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވާއިރު، ހުޅުމާލޭގައި މި ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫތަކުން އެޅުމަށް ނިންމާފައިވަނީ 4000 ފްލެޓެވެ. އޭގެ ތެރޭގައި ހިމެނެނީ، 18 ބުރީގެ 32 ޓަވަރެވެ. އެއީ ދެ ކޮޓަރީގެ 1200 އެޕާޓްމެންޓާއި 3 ކޮޓަރީގެ 2800 އެޕާޓްމެންޓެވެ. އެތަންތަނުގެ މަސައްކަތްވެސް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކުރެވެއެވެ.
ފްލެޓަށް އެދި 20،000 އަށްވުރެ ގިނަ މީހުން ކުރިމަތިލިއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ޝަރުތުހަމަވާ މީހުންނެވެ. އެހެން ކަމުން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގައި ބުނެފައިވީނަމަވެސް އެ އަދަދަށް ފުލެޓް އެޅިފައި ނުވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ވުޖޫދުގަ ހުރި ތަނަކަށްވެސް ވަދެވުނީ ލިބުނުތާ އެތައް ދުވަހެއް ފަހުން އެތައް ޚަރަދެއް ކޮށްގެން. އަދި ޙަވާލުކުރީކީވެސް ނޫން. އަދި ވަންނަން އަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެ ފަރނީުކޮޅު ހިފައިގެން ގޮސް ވަންނަށްވީ