އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 35،849 މީހުން ރީ-ރަޖިސްޓްރީކޮށްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވިދާޅުވެެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރީ ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި އޮންލައިންކޮށް 22،882 މީހުން ރަޖިސްޓްރީކޮށްދިނުމަށް އެދުނު ކަމަށާއި، އަދި ފޯމު މެދުވެރިކޮށް 19،985 މީހަކު ހުށަހެޅިކަމަށެވެ..
އެ މީހުންގެ ތެރެއިން އޮންލައިންކޮށް ހުށަހެޅި 18،088 މީހަކު ރީ-ރަޖިސްޓާ ކޮށްދީފައިވާއިރު، އަދި ފޯމު މެދުވެރިކޮށް ހުށަހެޅި 17،761 މީހަކު ރީ ރަޖިސްޓްރީކޮށްދީފައިވެއެވެ،
ރީ-ރަޖިސްޓްރީވުމަށް ހުށަހެޅި 42،867 ފޯމުގެ ތެރެއިން ރަޖިސްޓްރީކޮށްދީފައިވަނީ 35،849 ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް އެދި ފޯމު ހުށަހަޅާ މުއްދަތު ވަނީ އިއްޔެ ހަމަވެފައެވެ. އެ މުއްދަތުގައި ޖުލްމަ އަށް މީހަކު ވަނީ އިންތިހާބަށް ކުރިމަތިލާފައެވެ. އޭގެ ތެރެއިން ހަތް މީހެއްގެ ފޯމު އީސީއިން ވަނީ ބަލައިގެންފައެވެ.
ރިޔާސީ އިންތިހާބަށް މަހަކަށްވުރެ މަދު ދުވަސް އޮތް އިރު އެކި ޕާޓީގެތަކުގެ ރިޔާސީ ކެނޑިޑޭޓުންދަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންކަން ފާހަގަކޮށްލަމެވެ.