25 ޖަނަވަރީ 2025

ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީތަކަށް ސަޕްލައިކުރަން ގދ. އަތޮޅުގައި ޓެސްޓު ކޮށްފި

ޑްރޯން ބޭނުންކޮށްގެން އެއް ލެބޯޓްރީން އަނެއް ލެބޯޓްރީއަށް ބޭނުންވާ ތަކެތި ސަޕްލައިކުުރުމަށް ގދ. އަތޮޅުގައި ޓެސްޓް ކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހުވަދު އަތޮޅަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެންނުވަމަށްފަހު، އެ މަނިކުފާނު ވިދާޅުވެފައިވަނީ އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ ނެޝަނަލް ހެލްތު ސާވިސް ވަކި އިދާރާއެއްގެ ގޮތުގައި ހަދާނެ ކަމަށެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ޑްރޯންގެ ހިދުމަތް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީތަކުގައި ސަޕްލައި ޓްރާންސްފާ ކުރުމުގެ މަސައްކަތް ފަށާނަން. މިހާރު ވަނީ މި އަތޮޅުގައި އެކަން ޓެސްޓު ކުރެވިފައި،"

ރައީސް ޞާލިޙް ވިދާޅުވިއެވެ.

މި އަހަރު ނިމުމުގެ ކުރިން ޑްރޯން ބޭނުންކޮށްގެން މަދަނީ ހިދުމަތްތައް ދިނުމަށް ހުއްދަ ދޫކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޑްރޯން އެރުވުމާ ބެހޭ އުސޫލެއް ސިވިލް އޭވިއޭޝަން އޮތޯރިޓީން ގެޒެޓުކޮށް، އެކި ބޭނުންތަކަށް ޑްރޯން ބޭނުންކުރަން ހުއްދަ ދޭން ވަނީ ނިންމަވާފައެވެ.

އިމަޖެންސީގައި ބޭސް އުފުލުމަށް ބައެއް ޤައުމުތަކުގައި މިހާރު ވެސް ކޮންމެވެސް ވަރަކަށް ޑްރޯން ބޭނުން ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު