Saturday, 13 April 2024

ރައީސް ޔާމީން ގެއަށް ބައްދަލުކުރަން މަޝްވަރާކޮށްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލު ކުރުމަށް، ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ސަރުކާރުގެ އިތުބާރު ކުރެވޭ މަސްދަރަކުން "ފިޔަަ އޮލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ހަފުތާ ނިމެންވާއިރަށް، ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް އިމްރާން، ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ދެކޮޅު ހައްދަވާފައި ކަމަށާއި، ރައީސް ޞާލިޙް މިފަހުން ކޯލިޝަން ހެއްދެވި އެމްޑީއޭގެ ލީޑަރ ސިޔާމް، ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަކީ މިވަގުތު ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފައި ކަމަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި އަދި ބައެއް އެހެން ވަޒީރުންވެސް، ރައީސް ޔާމީން ގެއަށް ބަދަލުކުރަން ފެނިވަޑައިގަންނަވާ ކަމަށް ލަފާ ދެއްވި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ޝެއިޚް އިމްރާން އަކީ ކަރެކްޝަނަލް ސާވިސް ބެލެއްޓުމާއި ވެސް ހަވާލުވެ ހުރި ވަޒީރު ކަމަށްވުމާއިއެކު، އިމްރާންގެ ދެކޮޅު ހެއްދެވުމުގެ ސަބަބުން ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ލަސްތަކެއް އައުން އެކަށީގެންވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އެދިފައެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް ޕީޕީއެމް އިން ވެސް އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *