25 ޖަނަވަރީ 2025

ކޯޓުތަކުގެ ފުރާޅުން ޓިނެއް ނުނަގަން، ސިޔާސީ ބަންދެއްގައި ހުރި މީހަކު ނެތް: ރައީސް

ދައުރު ނިންމަވަނީ ސިޔާސީ އެއްވެސް ލީޑަރަކު ޖަލަށް ނުލާ ކަމަށާއި، މި ސަރުކާރުން ކޯޓުތަކުގެ ފުރާޅުން ޓިނު ނަގާފައި ނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގދ. އަތޮޅުގެ ރަށްތަކަށް ރައީސް ޞާލިހް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގދ. ގައްދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި އެއްވެސް ބޭފުޅަކު ޖަލަށް ނުލާނެ ކަމަށް އެމަނިކުފާނު 2018 ގައި ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން އެކަމެއް ވެސް ޤަބޫލުފުޅު ނުކުރެއްވެވި ކަމަށް ރައީސް  ވިދާޅުވިއެވެ.

"އެއީ އެ ބޭފުޅުންގެ ސިޔާސަތުގައި ކަން ކުރަމުން ދިޔަ ގޮތް،"

ރައީސް ޞާލިޙް ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އައިއިރުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރުންނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ ސައީދު ފަދަ ބޭފުޅުން ތިއްބެވީ ޖަލުގައި ކަމަށް، އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"ފަސް އަހަރުގެ ދައުރެއް އަޅުގަނޑުމެން މި ނިންމަނީ އެއިން އެއްވެސް ކަމެއްގައި، ސިޔާސީ އެއްވެސް ލީޑަރަކު، ސިޔާސީ ބަންދެއްގައި ނުހުންނާނެ. އެންމެ ކޯޓެއްގެ ވެސް ފުރާޅުން ޓިނެއް ނުނަގަން."

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރާޅުން ޓިނު ނަގައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ހައްޔަރު ކުރި މައްސަލަ އަށް އިޝާރާތް ކުރައްވައި ރައީސް މިފަދައިން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ މަހުގެ 9 ގައި ރައްޔިތުން ވޯޓު ދެއްވާ އިރު، މިކަމަށް ވިސްނަވަން ޖެހޭ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު