Thursday, 25 July 2024

ފުލުހުން މިހާރު އަމަލުކުރަނީ ގާނޫނީ އިމުން ބޭރުން: ރައީސް ނަޝީދު

ފުލުހުން މިހާރު އަމަލުކުރަމުންދަނީ ޤާނޫނީ އިމުން ބޭރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ދ. އަތޮޅަށާއި ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ދިމާކޮށް ކުޑަހުވަދޫ ޑިމޮކްރެޓްސްގެ މެމްބަރަކު ފުލުހުން ހައްޔަރުކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް، އެމަނިކުފާނު  ކުރެއްވި ޓުވިޓެއްގައެވެ.

ކުޑަހުވަދޫ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް މެމްބަރު އަޙްމަދު މައުރޫފް ހައްޔަރުކުރީ އޭނާގެ ގޭގައި ޝުއޫރު ފަޅުކުރަމުން ގެންދަނިކޮށެވެ.

ރައީސް ޞާލިހް ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު ޕޮލިހުން ފޮނުވާ ރަށް ބަންދުކޮށް ހެދީމައި ރައްޔިތުންގެ ރުޅިވެރިކަން ބޮޑުވާނެކަން ރައީސް ޞާލިހަށްވެސް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަންކަމަށް އަލިއަޅުއްވާލައްވައި، ރައީސް ނަޝީދު ވިދާޅުވީ ޕޮލިހުން މިހާރު އަމަލުކުރަމުންދަނީ ޤާނޫނީ އިމުން ބޭރުން ކަމަށެވެ.

ފުލުހުން މިހާރު އަމަލުކުރަމުންދަނީ ގާނޫނީ އިމުން ބޭރުން ކަމަށް ނަޝީދު ވިދާޅުވިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން ރަށްރަށުގައި އެމަނިކުފާނާއި ދެކޮޅަށް ކެމްޕެއިންތައް ކުރަމުން ދާއިރު ބައެއް ފަރާތްތައް ހައްޔަރުކޮށް، އިހްތިޖާޖްތައް ހުއްޓުވައި ހުރަސްއެޅުމަށް ފުލުހުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު