ރިޔާސީ އިންތިހާބު: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

އަންނަ ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބު ކޮށްފިއެވެ.

ވެރިކަން ކުރާ އެމްޑީޕީ، އެމްޑީޕީން ވަކިވެ އާ ޕާޓީއެއް ހެދި ދަ ޑިމޮކްރެޓްސް، އެމްއެންޕީ، ޖުމްހޫރީ ޕާޓީ އަދި ޕީއެންސީން ކެނޑިޑޭޓެއް ވަނީ ނެރެފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބުކަން ފާހަގަކޮށްލެވެއެވެ. މިފަހަރުގެ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓަކު ވާދަ ކުރައްވައެވެ

އަމިއްލަ ގޮތުން ތިން ބޭފުޅަކު މިއިންތިޚާބުގައި ވާދަކުރައްވައެެވެ.

މިއަދު ހަވީރު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ކެންޑިޑޭޓުންގެ ނަންތައް ވަނީ ތަރުތީބު ކޮށްފައެވެ.

  • ކެންޑިޑޭޓް ނަމްބަރު 1: އުމަރު ނަސީރު
  • ކެންޑިޑޭޓް ނަމްބަރު 2: ހަސަން ޒަމީލް
  • ކެންޑިޑޭޓް ނަމްބަރު 3: ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
  • ކެންޑިޑޭޓް ނަމްބަރު 4: ޑރ. މުހައްމަދު މުއިއްޒު
  • ކެންޑިޑޭޓް ނަމްބަރު 5: ޤާސިމް އިބްރާހިމް
  • ކެންޑިޑޭޓް ނަމްބަރު 6: ފާރިސް މައުމޫން
  • ކެންޑިޑޭޓް ނަމްބަރު 7: އިލްޔާސް ލަބީބް
  • ކެންޑިޑޭޓް ނަމްބަރު 8: މުހައްމަދު ނާޒިމް

އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނާއި ރަނިންމޭޓުން

  • އެމްޑީޕީގެ ފަރާތުން ރައީސް، އިބްރާހިމް މުހައްމަދު ޞާލިހް، ރަނިންމޭޓް، މުހައްމަދު އަސްލަމް
  • ޕީއެންސީގެ ފަރާތުން މާލެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު، ރަނިންމޭޓް، ހުސައިން މުހައްމަދު ލަތީފް (ސެމްބެ)
  • ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބް، ރަނިންމޭޓް، ހުސެއިން އަމްރު
  • ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް އިބްރާހިމް، ރަނިންމޭޓް، ޑރ. އަމީން އިބްރާހިމް
  • އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމް، ރަނިންމޭޓް، އަހުމަދު އަދީލް ނަސީރު
  • އަމިއްލަ ގޮތުން އުމަރު ނަސީރު، ރަނިންމޭޓް، އަހުމަދު ސަލީމް
  • އަމިއްލަ ގޮތުން ފާރިސް މައުމޫން، ރަނިންމޭޓް، ޑރ. އަބްދުއްސައްތާރު ޔޫސުފް
  • އަމިއްލަ ގޮތުން ހަސަން ޒަމީލް، ރަނިންމޭޓް، މަރިޔަމް އަލީމް

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ފޯމް ހުށަހެޅުއްވިއެވެ. ނަމަވެސް އިލެކްޝަނުން ވަނީ އެމަނިކުފާނު ޝަރުތު ހަމަނުވާ ކަމަށް ބުނެ ފޯމު ބޭރުކޮށްލާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު