ޖުމުހޫރީ ޕާޓީގެ މެނިފެސްޓޯ ނެރުމުގެ ޖަލްސާގައި ގާސިމް ވާހަކަފުޅުދައްކަވަނީ

ގާސިމް ކިޔަވާ ކުދިންނަށް ދިން ލޯންތައް މަޢާފްކޮށްފި

ޖުމުހޫރީޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމްގެ އަތްޕުޅުން ކިޔެވުމަށް ލޯނު ނެގި ހުރިހާ ކުދިންގެ ލޯނު އެމަނިކުފާނު މަޢާފުކޮށްދެއްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ޖޭޕީގެ މެނިފެސްޓޯ އާންމުކުރުމަށް ބޭއްވި ޖަލްސާގައި ޤާސިމް ވާހަަކަފުޅު ދައްކަވަމުންނެވެ.

“އަޅުގަނޑުމެންގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޖެއްޔާ ފަސްޓް ޑިގްރީއެއް ނޫން، މާސްޓަރ ޑިގްރީއާ ހަމައަށްވެސް ދާނީ ދައުލަތުގެ ޚަރަދުގަ އިރާދަކުރެއްވިއްޖެއްޔާ. އަދި ކީއްކުރަންތޯ؟ މިހާރު ނަގާފައި ހުރި ހުރިހާ ލޯނެއްވެސް މާފު. އަޅުގަނޑުގެ ވެރިކަމެއްގައި މާތްﷲ އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ އެއްވެސް ދަރިއަކު ކިޔަވަން ނަގާފައި އޮތް އެއްވެސް ލޯނެއް ދައްކާކަށް ނުޖެހޭނެ. އެއްމެ ލާރިއެއްވެސް. އަދި އަޅުގަނޑު މިހެން ދަންނަވާއިރު، އެއީ ދައުލަތުގެ ވާހަކަ މި ދެންނެވީ. އަޅުގަނޑު އަމިއްލަ ގޮތުން 8000 އެއްހައި ކުދިންނަށް ކިޔަވައިދިނިން. އެކި ޕަސެންޓޭޖުގެ ތަފާތު ރޮނގު ރޮނގުން ކިޔަވައިދިނިން. އެހީތެރިވެދީފައި ހުންނާނެ އެއްބައި ކުދިންނަށް ގްރާންޓެއްގެ ގޮތުން، ސްޕޮންސާއެއްގެ ގޮތުންވެސް. އެކަމު އޭގެތެރެއިން ގިނަ ކުދިންނަކީ ކޮންމެސް ޕަސެންޓެއް، އަހަރަކު އެއް ޕަސެންޓް ދެ ޕަސެންޓް ދައްކަން ޖެހޭ ކުދިން. އެހުރިހާ ކުދިންގެ ހުރިހާ ފައިސާއެއް އަޅުގަނޑު މާފުކޮށްދިނީ މި. އާދެ، ވިލާ ފައުންޑޭޝަނުން ނުވަތަ ޤާސިމް އިބްރާހީމް ސްކޮލަރޝިޕެއް ދީގެން ކިޔަވާފައިވާ ނުވަތަ މިހާރުވެސް ކިޔަވަމުންދާ ކުދިންވެސް އެކުދިންގެ ކޯސް ނިމެންދެން ދީފައި ހުރި ހުރިހާ އެއްޗެއް މާފު. އެއްމެ ކުއްޖެއްވެސް ލާރިއެއް ދައްކާނެކަމެއް ނެތް. އަޅުގަނޑަށް ވެރިކަން ލިބުނަސް، ނުލިބުނަސް.”

ޤާސިމް ވިދާޅުވިއެެވެ.

ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މާސްޓާރސް ޑިގްރީއާއި ހަމައަށް ކިޔަވައިދޭނީ ހިލޭ ކަމަށާއި، އަދި މިހާރު ދައުލަތުން ދަރިވަރުން ކިޔެވުމަށް ނަގާފައިވާ ހުރިހާ ލޯނެއް ވެސް މަޢާފް ކޮށްދެއްވާނެ ކަމަށް ކަމަށް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދިވެހި ރާއްޖޭގެ އެއްވެސް ދަރިއަކު ކިޔަވަން ނަގާފައި އޮތް އެންމެ ލާރިއެއްވެސް ދައްކާކަން ނުޖެހޭނެ ކަމަށެވެ.

ވިލާ ފައުންޑޭޝަނުން ޤާސިމް އިބްރާހިމް ސްކޮލާޝިޕެއް ދީގެން ކިޔަވާފައިވާ ކޮންމެ ކުއްޖަކުވެސް އަދި މިހާރު ކިޔަވަމުންދާ ކުދިންގެ ވެސް ހުރިހާ ލޯނެއް މާފުކޮށްދީފި ކަމަށާއި، އަދި އެމަނިކުފާނަށް ވެރިކަން ލިބުނަސް އަދި ނުލިބުނަސް އެންމެ ކުއްޖަކުވެސް ބޮޑު ލާރިއެއް ދައްކާނެ ކަމެއް ނެތް ކަމަށް ޤާސިމް ވިދާޅުވިއެެވެ.

ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ އަތުން ލޯނު ނަގައިގެން ކިޔަވައިފައިވާ ދަރިވަރުންނަށާއި ކިޔަވަމުންދާ ދަރިވަރުންނަށް އެ ލޯނު މާފުކޮށްދިނީ އެއީ އެމަނިކުފާނުގެ ސަރުކާރެއްގައި މާސްޓާސްއާއި ހަމައަށް ހިލޭ ކިޔަވައިދެއްވާއިރު، ސަރުކާރުން ލޯނު ދެއްވައިގެން ކިޔަވައިދިނުމަކީ ސިކުޑިއަށް ޤަބޫލްކުރެވޭ ކަމަކަށް ނުވާތީ ކަމަށެވެ.

މެނިފެސްޓޯގައި ޖުމްލަކޮށް ރާއްޖޭގެ ތަރައްގީއަށް، ކުރިއެރުމަށް ޖޭޕީގެ ވެރިކަމެއްގައި ކޮށްދެވޭނެ ކަންކަން ތަފްސީލްކޮށް ހިމެނިފައި ވާނެ ކަމަށާއި، ކޮންމެ ކަމެއްވެސް ކުރެވޭނީ އެކަމެއްގެ ޤާބިލްކަން ހުރި ބަޔަކަށް، އެކަމެއްގެ ކެރި ފޯރުންތެރިކަން ހުރި ބަޔަކަށް ކަމަށާއި، މެނިފެސްޓޯ ހައްދަވައިދެއްވުމަށް 3 މަސްދުވަސް ވަންދެން މަސައްކަތް ކޮށްދެއްވި ބޭފުޅުންނަށް ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ،

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *