29 އެޕްރީލް 2025

ނަށަން ދެކޮޅުހެދި ޓީޗަރަކު ވަކިކުރީ ގޯސްކޮށް: ޓްރައިބިއުނަލް

އަރިއަތޮޅު އުތުރުބުރީ އުކުޅަހު ޕްރީސްކޫލުގެ ކޮންސެޓެއްގައި މިއުޒިކަށް ނަށަން ދަސްކޮށްދިނުމަށް ދެކޮޅު ހެދި ޓީޗަރަކު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމައިފިއެވެ.

އުކުޅަހު ޕްރީސްކޫލުގެ ކޮންސެޓެއްގައި މިއުޒިކަށް ނަށަން ދަސްކޮށްދިނުމަށް ދެކޮޅު ހެދި ހަތަރު ޓީޗަރެއްގެ ތެރެއިން ތިން ޓީޗަރަކު ސަސްޕެންޑް ކޮށް ޓީޗަރަކު ވަޒީފާއިން ވަކިކުރިއެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނަި މުވައްޒަފުން ސަސްޕެންޑްކޮށްފައިވަނީ ސްކޫލުތަކުގައި ކިޔަވައިދިނުމުގައި އަމަލުކުރަންޖެހޭ ކަރިކިއުލަމާ ޚިލާފުވުމުމުގެ ސަބަބުން ކަމަށާއި، އަދި ޤައުމީ މަންހަޖުގައި ބަޔާންކުރާ ލަނޑުދަނޑިތައް ދަރިވަރުންނަށް ޙާޞިލް ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ޓީޗަރުން އިންކާރު ކޮށްފައިވާ ކަމަށެވެ.

މައްސަލައިގައި ވަޒީފާއިން ވަކި ކުރި ޓީޗަރުގެ ޙައްޤު ހޯދުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށައެޅި މައްސަލައިގެ ހުކުމްގައިވަނީ ޓީޗަރު ވަޒީފާއިން ވަކިކުރީ ގޯސްކޮށްކަމަށް ކަނޑައަޅައި ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާގެ އެއްބަސްވުން ހަމަވި ތާރީޚަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށް، އެ ފައިސާ 21 ދުވަސްތެރޭގައި ސިވިލްސާވިސް ކޮމިޝަނުން ޓީޗަރަށް ދިނުމަށް އަމުރުކޮށްފައެވެ.

މިއުޒިކަށް ނަށަން ދަސްކޮށްދިނުމަށް ދެކޮޅު ހެދި ޓީޗަރަކު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ނިންމާފައިވާއިރު މިހާރު އަމަލުކުރަމުންދާ އައު ޤައުމީ މަންހަޖު ބުނާ ގޮތުން ކްރިއޭޓިވް އާޓްސްގައި މިއުޒިކާއި ނެށުން ފަދަ ކަންކަމަކީ އިޚްތިޔާރީ ކަންކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު