ހުޅުމާލެއިން 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލެއިން ކުޑަކުއްޖަކު ގެއްލިގެން ހޯދަމުން އަންނަކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 12 އަހަރުގެ އައިޝާ ބިން މަހްމޫދު ރިޔާޒް ނަމަކަށް ކިޔާ ދިވެހި ކުއްޖެެއް ކަމަށް ޚަބަރު ލިބެއެވެ.

އެ ކުއްޖާގެ އާއިލާއާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައިޝާ ހޯދަންފެށީ އިއްޔެ އިރުއޮއްސި 6 ޖަހާކަށް ހާއިރު އާއިލާ ދިރިއުޅޭ ހިޔާ ފްލެޓުން ނުކުމެގެން ބޭރަށް ދިޔަގޮތަށް ޚަބަރެއް ނުވެގެންނެވެ.

މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ، އެ ކުއްޖަކު ގެއްލިގެން އުޅޭކަން ފުލުހަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 12:58 ހާއިރު ކަމަށާއި މިހާރު ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ފަހަކަށް އައިސް، ވާނުވާއެއް ނޭނގި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޚާއްސަކޮށް މާލެ ސަރަހައްދުން މީހުން ގެއްލިގެން ރިޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު