ޖިސްމާނީ ނުކުޅެދުންތެރިކަން ހުރުމުން، ޑޮކްޓަރ ރިކަމެންޑްކޮށްފައި ހުރި ކަސްރަތްތައް ކުރުމުގެ ފުރުސަތާއި މޫދަށް ދިޔުމުގެ ފުރުޞަތު ވެސް މާފުށިން ނުލިބޭ ކަމަށް، ކުރީ ރައީސް ޢަބްދުﷲ ޔާމިީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރިޝްވަތު ދިނުމާއި ޤަބޫލުކުރުމުގެ ދައުވާގައި 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ޕީޕީއެމްގެ ރައީސް ކުރީގެ ރައިސް ޔާމީން އަބްދުލް ޤައްޔޫމް ވަރަށް އަސަރާއެކު އުނަގަނޑުގައި މައްސަލަ އާއި މާފުށި ޖަލުގައި ފެތުމާއި ކަސްރަތު ނުކުރެވޭ ފަދަ ކަންކަމުގެ ވާހަކަތައް ވަރަށް އަސަރާއެކު މިއަދު ކިޔައިދެއްވިއެވެ. އެމަނިކުފާނުގެ އުނަގަނޑުގައި ރިއްސާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ކީރިތި ކުރައްވާފައެވެ.
"އަޅުގަނޑަކީވެސް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް، ޒުވާން އުމުރަކު ނޫން މިހުންނަނީކީއެ. ހަމައެހެންމެ އަޅުގަނޑަށް ޑޮކްޓަރ ރިކަމެންޑްކޮށްފައި ހުރި ކަސްރަތްތައް ކުރުމުގެ ފުރުސަތެއް މާފުށީގައި މިހާރު ވަނީ ބަންދުވެފައި. އަޅުގަނޑަށް ރެކޮމެންޑްކޮށްފައި މިވަނީ އަޅުގަނޑުގެ އުނަގަނޑުގެ ތަދާއި ގުޅިގެން މޫދަށް ދިޔުން އެހެންނަމަވެސް މާފުށިން އެކަމެއްވެސް އަޅުގަނޑަށް ނުލިބުނު."،
ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ އަދި އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓްވެގެން ފަރުވާ ނުހޯދަން އުޅެނީ އާއިލާއިން ތަހައްމަލްކުރާ ހިތާމަ ބޮޑުވެދާނެތީ ކަމަށާއި އެމަނިކުފާނަށް ލިބެމުންދަނީ ޙައްޤު އަދަބެއް ނޫން ކަމަށެވެ. މިހާރު ދެމުންދާ އަދަބަކީ، އެމަނިކުފާނު ކުރައްވާފައި އޮތް ކަމަކަށް ދޭ އަދަބެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ކަފާލާތުގެ ދަށުން މީހުން ދޫކޮށްލުމަކީ ރާއްޖޭގައި މީގެ ކުރިންވެސް ކުރެވުނު ކަމެއް ނަމަވެސް، ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކުރަން ކޯޓުން ދޫނުކުރި ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.