ބީއެމްއެލް މުވައްޒަފަކަށް ވަޒީފާ އަނބުރާ ދީ، ހަލައްކަ ދޭން ހުކުމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ވަޒީފާ އިން ވަކިކުރި މީހަކަށް އަނބުރާ ވަޒީފާ ދިނުމަށާއި އޭނާ ވަޒީފާ އިން ވަކިކޮށްފައި ހުރި މުއްދަތުގައި މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ގޮތުގައި -/662640 ދޭން ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އިން ހުކުމް ކޮށްފިއެވެ.

ބީއެމްއެލްގެ ޔުނިޓެއްގެ މެނޭޖަރެއްގެ ވަޒީފާގައި ހުރި މީހަކު ވަޒީފާ އިން ވަކިކުރި މައްސަލަ އޭނާ ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުމުން، އޭނާއަށް ވަޒީފާ ދޭން ވަނީ އަންގަވާފައެވެ.

މިމައްސަލައިގައި ބޭންކުން ވިދާޅުވެފައިވަނީ، އޭނާ ވަޒީފާ އިން ވަކިކުރީ ފަންޑްތައް ޓްރާންސްފާ ކުރުމަށް ބޭނުންވާ ހުއްދަތައް ހުރިތޯ އާއި ސަޕޯޓިން ޑޮކިއުމެންޓްތައް ހުރިތޯ ބެލުމެއްނެތި އޭނާ އަމަލުކުރި ގޮތުން ބޭންކްތައް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބުމުން ކަމަށެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ބަޔާންކޮށްފައި ވަނީ، ބީއެމްއެލްގެ މުވައްޒަފު ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދެވިފައި ނެތް ކަމަށެވެ. އެ މުވައްޒަފު ވަޒީފާ އިން ވަކިކުރީ މައުލޫއީ އަދުލްވެރިކަން ޤާއިމުކޮށްގެން ނޫން ކަމަށް ވާތީ މުވައްޒަފުގެ މުސާރަ އަލުން އިޔާދަ ކޮށްދިނުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން، ވަޒީފާ އިން ވަކިކުރުމާއި ހަމައަށް އޭނާ އަށް މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ -/27610 ރުފިޔާ ނިސްބަތުން 24 މަސް ދުވަހަށް ޖެހޭ އަދަދު ކަމަށްވާ -/662640 ރުފިޔާ ތިން ދުވަސް ތެރޭގައި ދިނުމަށް ޓްރައިބިއުނަލްގެ ޙިކުމުގައިވެއެވެ.

މިމައްސަލަ ބީއެމްއެލް އިން އިސްތިއުނާފު ކުރުމާބެހޭ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ