އަޅުގަނޑުގެ ސަރުކާރެއްގައި، މިހާރުގެ ފްލެޓާ ގޯތި ލިސްޓު އުވާނުލާނަން: މުޢިއްޒު

ޕީޕީއެމް، ޕީއެންސިގެ ސަރުކާރެއްގައި، މިހާރުގެ ސަރުކާރުން ގޯއްޗާއި ފްލެޓްތައް ދޭން ކަނޑައަޅާފައިވާ ލިސްޓްތައް އުވާނުލާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒުގެ ކެމްޕެއިންގެ މައި ޖަގަހަ "ދިވެހިންހިންގެ ޖަގަހަ" ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުގައި، މުޢިއްޒުގެ ވާހަކަ މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ، ރިޔާސީ މެނިފެސްޓޯގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށެވެ. މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ވަޢުދުވަނީ އެކަން ކުރާނެ ޕްލޭނާއި، ފައިސާއާއި ޓެކްނިކަލް މަސައްކަތްތައް ކުރެވޭނެ ގޮތްތައް އެނގި ޕްލޭންކުރެވިގެންކަމަށާއި، ޕީޕީއެން/ޕީއެންސީގެ ވެރިކަމެއްގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އެއްވެސް ދިވެއްސެއް ނުހުންނާނެކަމަށެވެ.

މާލެ ސަރަޙައްދަށް ހުރި ބައެއް މަޝްރޫއުތަކުގެ މަޢުލޫމާތުު ޙިއްސާކުރައްވަމުން މުޢިއްޒު ވިދާޅުވީ، މާލެ ކައިރި ފުށިދިއްގަރު ފަޅު ހިއްކާ، އެތަން ޚާއްސަ މާސްޓަރ ޕްލޭނެއްގެދަށުން ތަރައްޤީކުރާނެކަމަށް ވިދާޅުވިއެވެ. އެތަނުގައި، 11000 ގޯއްޗާއި، 20000 ފްލެޓް އެތަނުގައި ތަރައްޤީކުރައްވާނެކަމަށެވެ.

"މިހާރުވެސް ކުރެހުންތައް އެބަ ތައްޔާރުކުރަން ޕްލޭން އޮންނާނެ ގޮތް ދައްކާލަން. އެފަޅު ހިއްކާ 1600އަކަފޫޓުގެ 11000 ގޯތި ދެވޭނެ. އަދި 1400 އަކަފޫޓުގެ 20000 ފްލެޓް ތަރައްޤީކުރާނަން."

މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ ޕްލޭނާއި މެނިފެސްޓޯތައް، ތަފްސީލީ ގޮތެއްގައި ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށާއި، މީގެއިތުރުން ވަޒީފާއާއި އިޤްތިޞާދު ކުރިއެރުވުމަށްވެސް މުހިންމު މަސައްކަތްތަކެއް ރާވާފައިވާކަމަށާއި، އަދުލު އިންސާފާއި، ހަމަހަމަކަން ޤާއިމުކުރުމަކީވެސް އަލުން އިއާދަކުރަންޖެހިފައިވާ ކަމެއްކަމަށާއި، އެކަންވެސް ކުރައްވާނެކަމަށެވެ.

ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވަނީ މުޢިއްޒުގެ ކެމްޕެއިން ލަވަ އިފްތިތާހުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު